އިނގިރޭސި ސަރުކާރުގެ ޔަހޫދީކަން ކުޑަ ކުރުމަށް ގޮވާލައިފި

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިންގެ ޖަމުއިއްޔާ ބްރިޓިޝް ޓްރޭޑްސް ޔޫނިއަން ކޮންގްރެސް (ޓީޔޫސީ) އިން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ހޮލޮކޯސްޓް ހަނގުރާމަ ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅުމަށާއި، އިސްރާއީލަށް ދެމުންދާ "ހުރިހާ ބާވަތެއްގެ އަސްކަރީ އެއްބާރުލުން" ހުއްޓާލުމަށާއި، ފަލަސްޠީނުގެ ހައްގަށް މަސައްކަތް ކުރާ "ފަލަސްޠީން އެކްޝަން މަނާކުރަން ނިންމި ނިންމުން" އުވާލުމަށް ގޮވާލައިފައެވެ.

ބުދަ ދުވަހު އެ ޖަމާއަތުން ފާސްކުރި މި ހުށަހެޅުމުގައި، "ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުތަކުގެ ދަށުން ފަލަސްޠީން އެކްޝަން މަނާކުރި ޚުދުމުޚުތާރު ނިންމުން އުވާލުމަށާއި، އެކްޓިވިސްޓުން ހައްޔަރުކުރުން ހުއްޓާލުމަށާއި، ސުލްހަވެރި އިހުތިޖާޖުކުރުމުގެ ހައްޤު ހިމާޔަތްކޮށް ހަރުދަނާކުރުމަށް" ގޮވާލާފައިވެއެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ފަސް މިލިއަން މުވައްޒަފުން ތަމްސީލުކުރާ މި ޔޫނިއަންތަކުން މި ހުށަހެޅުން ފާސްކޮށްފައިވަނީ، އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރގެ ސަރުކާރުން "ފަލަސްޠީން އެކްޝަން" އަށް ތާއީދުކޮށް ބޯޑު ހިފައިގެން ސުލްހަވެރިކޮށް އިހުތިޖާޖުކުރާ ގިނަ ބަޔަކު ހައްޔަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ހުށަހެޅުމަށް ތާއީދުކޮށް ވާހަކަދައްކަމުން، ޕަބްލިކް އެންޑް ކޮމާޝަލް ސަރވިސަސް ޔޫނިއަންގެ ރައީސް މާޓިން ކަވަނާ ވިދާޅުވީ، "އަޅުގަނޑުމެން ސާފުކޮށް ސަރުކާރަށް އަންގަން: އިހުތިޖާޖުކުރުމަކީ ޓެރަރިޒަމެއް ނޫން. އެއްބާރުލުން ދިނުމަކީ ކުށެއް ނޫން. އަދި އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނުހުރުމަކީ އިޚުތިޔާރީ ކަމެއް ނޫން." ކމަށެވެ.

މި ހުށަހެޅުމުގެ ސަބަބުން ސްޓާމާގެ ޔަހޫދީ ޒަޔަނިސްޓުންނަށް ސަޕޯޓު ކުރާ ސަރުކާރަށް އިތުރު ޕްރެޝަރު ކުރިމަތިވެ، ފަލަސްޠީނުގެ މައްސަލައިގައި ސަރުކާރުގެ މިހާރުގެ ސިޔާސަތަށް ބަދަލު ގެންނަން މަޖުބޫރުވެދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!