ހުޅަނގު އައްސޭރިން 100 އަށް ވުރެން ގިނަ ފަލަސްޠިނު މީހުން ޔަހޫދީން ވަގަށް ނަގައިފި

އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ޠޫލްކަރަމް ސިޓީގައި އަތްފުނާ އަޅައިގެން 100 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަގަށް ނަގައިފައެވެ. އެއަށްފަހު ޔަހޫދީ ޓެރަރިސްޓް ފޯސްއިން ވަނީ، އެ ސިޓީގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.

ޔަހޫދީން ދަނީ ފަލަސްޠީނުގެ ބިންތަކުން މީހުން ވަގަށް ނަގަމުން އަނެއް ބަޔަކު ފައްސާލަމުންނެވެ. މި ވަގުތު ޣައްޒާ ސިޓީގައި ޔަހޫދީން ހިންގަމުން ގެންދާ ހޮލޮކޯސްޓް ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުން 200،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ.

ފަލަސްޠީނު މީހުން ދަނީ ޣައްޒާގައިވެސް އަދި ހުލަނގު އައްސޭރީގައިވެސް ޔަހޫދީންނަށް ހަމަލަ ދެމުންނެވެ. އިއްޔެވެސް ޔަހޫދީ ޓެރަރިސްޓް ސިފައިންގެ ދެ އުޅަނދަކަށް ގޮވާ ތަކެތިން ދިން ހަމަލާ ދިނުމާ ގުޅިގެން ދެ ޓެރަރިސްޓުން ޒަޚަމް ވެފައި ވެއެވެ.

ފަލަސްޠީނުގެ ނޫސް އެޖެންސީން ރިޕޯޓު ކުރިގޮތުގައި، ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނީ ފިހާރަތަކާއި ކެފޭތަކަށް ވަދެ، އެތަންތާނގައި ތިބި މީހުންނާއި، އެހިސާބުގެ އުޅަނދުފަހަރުގައި ތިބި މީހުން އެމީހުންގެ ބާރުގެ ދަށަށް ގެނަސްފައެވެ.

ހިއްސާ ކުރައްވާ!