ޔަހޫދީންގެ ދިފާއީ ވަޒީރުގެ ފޯނު ހެކްކޮށްފި

ތުރުކީގެ ހެކަރުން ވަނީ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔިސްރާއީލް ކާޓްޒްގެ ފޯނު ހެކްކޮށް އޭނާގެ ނަންބަރު ބަންޑާރަކޮށްފައެވެ. އޭނާގެ ފޯނު ހެކްކޮށްފައި ވަނީ ފޯނު ކޯލަކުންނެވެ. އަދި ތުރުކީ ހެކަރުން ވަނީ ސޯޝަލް މީޑިއާގައި އެ ކޯލްގެ ސްކްރީންޝޮޓެއް ވެސް އާންމުކޮށްފައެވެ.

ޔަހޫދީންގެ ޗެނަލް 12 އިން ބުނެފައި ވަނީ ކޯލަށް ފަހު ކާޓްޒްގެ ފޯން ނަމްބަރާއި އޭނާގެ ކޮންޓެކްޓް ލިސްޓްވެސް ހެކަރުން ވަނީ މީޑިއާގައި ޝާއިއުކޮށްފައެވެ.

ޔަހޫދީންނަށް އަބަދު ދިނުމުގެ ގޮތުން އެމީހުންނަށް އާދަވެގެން ސައިބާގެ ހަމަލަތައް ދަނީ އަމާޒު ކުރެވެމުންނެވެ.

މިދިޔަ އޮގަސްޓް މަހު އީރާނުގެ ހެކަރުން ވަނީ ޔަހޫދީންގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އައިލެތު ޝޭކޭޑްގެ ފޯނު ވެސް ކާމިޔާބުކަމާއެކު ހެކްކޮށްފަ އެވެ. ޝިން ބެޓްގެ ސެކިއުރިޓީ ސާވިސް އިން ބުނީ އެކަން އެނގުނީ އީރާނުން އެތައް ފަހަރެއްގެ މަތިން ފޯނު ހެކްކުރި ފަހުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހެކަރުންނަށް ޝޭކްޑްގެ ފޯނު ނަންބަރަށް އެކްސެސް ލިބުނީ ޝޭކްޑްގެ ފޯނު ނަންބަރަށް ފޮނުވި ފައިސާގެ އިނާމެއް ލިބޭނެކަމަށް ބުނާ ލިންކަކަށް އޭނާ ކްލިކް ކުރުމުންނެވެ.

އިސްރާއީލުން ބުނާ ގޮތުގައި ފާއިތުވި މަސްތަކުގައި އިސްރާއީލުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އީރާނުގެ އެޖެންޓުން ވަނީ 85 ސައިބަރ ހަމަލާއެއް ދީފައެވެ.

ހިއްސާ ކުރައްވާ!