ޔަހޫދީ ސިފައިން ވަކި ވެގެންދާ އަދަދު އިތުރު ވެއްޖެ

އިސްރާއީލުގެ މީޑިއާ އިން އަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން ސިފައިންގެ އެތައް ހާސް މީހުންނެއް ވަނީ ސިފައިންގެ ޚިދުމަތް ދޫކޮށް ފިލައިގެން ގޮސްފައެވެ.

އަދި މިހާރު މިކަން "ކޮންޓްރޯލުން ބޭރުގައި" އޮތް ކަމަށްވެސް އިސްރާއީލް މީޑިއާއިން ސިފަކޮށްފައި ވެއެވެ. މީޑިއާއިން ބުނާ ބައެއް ސިފައިންނާއި އަމާޒަށް ބަޑި ޖަހާ ސްނައިޕަރުން ސިފައިންގެ ޚިދުމަތުން ވަކިވާން ނިންމި ނިންމުމާ މެދު ބުނެފައި އެމީހުން ވަކި ވެގެން ދަނީ ވަރުބަލި ވުމާއި ނަފްސާނީ ބުރަ ތަހައްމަލު ކުރަން ޖެހުމުން ކަމަށެވެ.

ހިއްސާ ކުރައްވާ!