ޣައްޒާގައި ޔަހޫދީ ފުލުހުންނަށް ޚާއްސަ ސިޓީއެއް ބިނާ ކުރަނީ

ޣައްޒާގައި ޔަހޫދީ ފުލުހުންނަށް ޚާއްސަ ސީޓީއެއް ބިނާ ކުރުމަށް ނިންމާފައިޥާ ކަމަށް ޔަހޫދީންގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން ގްވީރް ބުނެފިއެވެ. ޔަހޫދީ ކަލޭގެ މިކަން އިއުލާން ކޮށްފައި ވަނީ ޔަހޫދީން ފާހަގަ ކުރާ އައު އަހަރާ ގުޅިގެން ފުލުހުން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބެން ގްވީރް ބުނި ގޮތުގައި މި ސިޓީ ބިނާ ކުރާނީ "މެދުއިރުމަތީގެ އެންމެ ރީތި ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގައެވެ." އަދި "ޣައްޒާގައި ޔަހޫދީން ފަލަސްޠީނު މީހުން މެދުމުގައި މުޅި ދުވަސް ހޭދަ ކުރުމަށްފަހު އަރާމުކޮށްލަން ތިބޭއިރު އެމީހުންނަށް މޫދާ ކައިރީގައި އަރާމު ކޮށްލަން ދިރިއުޅެވޭފަދަ ޚާއްސަ ސިޓީއަކަށް މި ސިޓީ ވާނެ" ކަމަށް އޭނާ ބުންޏެވެ.

ޔަހޫދީ ކަލޭގެ ބުނެފައި ވަނީ މިސިޓީއާއެކު ޔަހޫދީންގެ އާންމުން ދިރިއުޅުމަށްވެސް އިތުރު ސިޓީއެއް ކައިރީގައި ބިނާ ކުރެވޭނެއެވެ. މި ސިޓީއާ ކައިރީގައި ފުލުހުންގެ ސިޓީ އޮތުމުން އާންމުންނަށް ސަލާމަތްތެރިކަން އިހުސާސް ކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. "ޣައްޒާގައި ޔަހޫދީން ދިރިއުޅުމުގެ ވަގުތު އައިސް ޖެހިފައިވާ" ކަމަށް އޭނާ ބުންޏެވެ.   

ހިއްސާ ކުރައްވާ!