އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ ސިފައިންގެ އެންމެ އިސް ފައުޖު ކަމަށްވާ ގޯލާނީ ބްރިގޭޑްގެ ސިފައިންގެ 5 މީހަކު ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޔަހޫދީ ސިފައިންގެ ފަރާތުން އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައި ވެއެވެ. އަދި، އޭގެ ތެރެއިން ސިފައިންގެ 3 މީހަކު ވަނީ ހަނގުރާމައިގެ މައިދާނުގެ ޚިދުމަތުން ދުރުކޮށްފައެވެ. އަދި އަނެއް 2 ސިފައިން ހައްޔަރުކޮށް އަސްކަރީ ޖަލަކަށް ލާފައިވާ ކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.
މި ސިފައިން ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރުކުރި ސަބަބުތަކާ ބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ އިސްރާއީލީ ސިފައިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ދައްކައިދޭ ކަމެއް ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ޕާލަމެންޓްގެ ކޮމިޓީއެއްގައި ޔަހޫދީ ސިފައިންގެ ބަޔަކު ވަނީ އެމީހުންނަށް ނަފްސާނީ ގޮތުން ބަލި ޖެހިފައިވާ ކަމަށާއި ޑިޕްރެޝަންއަށް އެމީހުން ބޭސްކަމުންދާ ކަމަށް ބުނެ ބޭސްތައް ކޮމިޓީ ބާއްވާ މާލަމަށް އުކައި އިހުތިޖާޖުކޮށްފައެވެ. އެމީހުން ބުނެފައި ވަނީ އިސްރެާއީލުން އިންސާނީ ފުރާނައެއް ބެލުމެއް ނެތި އެމީހުން ލައްވައި ފަލަސްޠީނު މީހުން މެރުމަށް އަންގާ ކަމަށެވެ.






