އިޒްރޭލަށް ވިޔަފާރީގެ ދަތިތަކެއް ކުރިމަތިކުރުމަށް އިޓަލީން ވިސްނަނީ

އިޒްރޭލަށް ވިޔަފާރީގެ ދަތިތަކެއް ކުރިމަތިކުރުމަށް އިޓަލީ ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޔާނީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ނަމަވެސް މިފަދަ ފިޔަވަޅެއްގެ ސަބަބުން އާންމު ރައްޔިތުންނަށް އަސަރުކޮށްގެން ނުވާނެ ކަމަށް އިޓަލީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ތަޔާނީ އިތުރަށް ވިދާޅުވި ގޮތުގައި، ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުން "ބަލައިނުގަނެވޭ ފަދަ" އަމަލުތައް ހިންގަމުން ގެންދެއެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން އިޒްރޭލުގެ ވަޒީރުންނަށް ދަތި ކުރުުގެ ފިޔަވަޅު އެޅުމަށް މަށް އިޓަލީން ތާއީދުކުރާ ކަމަށްވެސްއ ވިދާޅުވިއެވެ.

އިޓަލީގެ ޚާރިޖީ ވޒީރުފގެ މި ވާހަކަ އައިސްފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހޮލޮކޯސްޓް ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. ޚާއްސަކޮށް އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި، އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ގުޅިެގްނ ބައިނަލް އަގްވާމީ ފާޑު ކިޔުންތައް ދަނީ އިތުރު ވަމުންނެވެ.

ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތަކުގައި ބޭނުން ކުރާ ބައެއް ހަތިޔާރު ސަޕްލައި ކުރާ އިޓަލީގެ މި ފިޔަވަޅަކީ ޔޫރަޕިއަން ޔޫނިއަންގެ އެހެން މެންބަރު ގައުމުތަކުން ވެސް އިޒްރޭލާ މެދު އަޅަން ވިސްނަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އަދި މިއީ އިޒްރޭލުގެ އަމަލުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުމާއި ނުރުހުން އިތުރު ވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

އިޓަލީ ސަރުކާރުގެ ޚިޔާލު އިޒްރޭލާ މެދު ފޮރެޅެމުން ދަނީ އިޓަލީގެ މަސައްކަތްތެރިންނާއި އާންމުންގެ މެދުގައި އިޒްރޭލާ މެދު ނުރުހުން އިތުރު ވަމުން ދިއުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!