މާތްﷲ އެމީހަކަށް ލައުނަތް ލެއްވި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު މަލްޢޫނު އާތަރ ބެލްފޯރްގެ ވައުދު ފުއްދުމަށް އިނގިރޭސި ރަސްކަމުން ފަލަސްޠީނުގެ ދައުލަތް ފޭރިގަނެ، ޔަހޫދީން އެބިމުގައި އިންދިތާ މިއަދު، 108 އަހަރު ފަހުން އިނގިރޭސިން ފަލަސްޠީނު ގެ ދައުލަތް ބަލައިގެންފިއެވެ.
އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަންނަން ކަން އިއުލާން ކުރެއްވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ އެވެ. އޭނާއަކީ ޔަހޫދީންގެ ބޮޑު ތާއީދަކާއެކު ވެރިކަމަށް ވަޑައިގަތް ބޭފުޅެކެވެ.
"މެދުއިރުމަތީގައި އިތުރުވަމުން އަންނަ ބިރުވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން މި އަމަލުކުރަނީ ސުލްހައާއި ދެ ދައުލަތުގެ ހައްލެއްގެ ފުރުސަތު ދިރުވައި އާލާކުރުމަށް،" ސްޓާމަރ މިއަދު ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވި އެވެ.






