ޣައްޒާއަށް އެހީ ފޯރުކޮށްދޭން ދާ ފުޅަނދުތަކަށް ސްޕެއިން އަދި އިޓަލީގެ ހަނގުރާމަ އުޅަނދުތަކުގެ ރައްކާތެރިކަން

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ފުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސްޕެއިން އިން އަސްކަރީ އުޅަނދެއް ފޮނުވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވެއްޖެއެވެ. މި ނިންމުން ނިންމާފައިވަނީ ގްރީސްގެ ކައިރިން ދަތުރުކުރަމުންދިޔަ އިރު އެ ފުޅަނދުތަކަށް ޔަހޫދީންގެ ޑްރޯން ހަމަލާތަކެއް އަމާޒު ކުރުމާ ގުޅިގެންނެވެ.

ނިއުޔޯކްގައި  އދ. ގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، 45 ޤައުމެއްގެ ރައްޔިތުން ބައިވެރިވާ މި ދަތުރުގެ މަޤްޞަދަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމެވެ.

"ސްޕެއިންގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށާއި، މެޑިޓަރޭނިއަން ކަނޑުގައި އަމާން ދަތުރުކުރުމުގެ ޙައްޤު އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިދޭންޖެހޭނެ މިނިވަންކަމަށް ކަމަށް ބާރުއަޅަމެވެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ދަތުރުގައި ގްރެޓާ ތަންބަރގް ވެސް ބައިވެރިވެއެވެ. ގްރީސްގެ ގަވްދޯސް ޖަޒީރާއާ 30 ނޯޓިކަލް މޭލު ދުރުން ދަތުރުކުރަމުން ދަނިކޮށް ފަލަސްޠީނުގައި ހޮލޮކޯސްޓް ހިންގާ ޔަހޫދީންގެ 12 ޑްރޯންގެ ހަމަލާއަކާ ފުޅަނދުތަކަށް ކުރިމަތިލާން ޖެހުނެވެ.

އިޒްރޭލުން ޣައްޒާގައި ހިންގާ ހޮލޮކޯސްޓް ހަނގުރާމައިގައި މިހާތަނަށް 65،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދު ކޮށްފައި ވެއެވެ. އަދި ޔަހޫދީްނ ދަނީ ޣައްޒާ މީހުން ބަނޑަށް ޖައްސަމުންނެވެ. ޔަހޫދީންގެ މި ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރި ވަނީ އެމެރިކާއިންނެވެ،.

 

ހިއްސާ ކުރައްވާ!