ފަލަސްތީނުގެ ރައީސް އައްބާސް އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކުރައްވައިފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ވަނީ އިސްރާއީލުން ބަނޑަށް ޖެއްސުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ވިދާޅުވެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވާފައެވެ. އިސްރާއީލުގެ ޓެރަރިސްޓް ސަރުކާރުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ މަޝްރޫޢުތަކުގެ ސަބަބުން މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުވުމުގެ ފުރުޞަތު ނެތި ހިނގައި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުފުޅުން 89 އަހަރުގެ ރައީސް އައްބާސް މިކަންކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އދ.ގެ ޢާންމު މަޖިލީހުގެ 80 ބަނަ ބައްދަލުވުމުގައި ވީޑިއޯ މެދުވެރިކުރައްވައި ތަގްރީރު ކުރައްވަމުންނެވެ. ތޔަހޫދީ ހޮލޮކޯސްޓަށް ވާގިވެރިވާ ޓްްރަމްޕްގެ ސަރުކާރުން ވަނީ އައްބާސް ނިއުޔޯކަށް ވަޑައިގަތުމަށް ވިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.

ރައީސް އައްބާސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ދަނީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ނަސްލު ނައްތާލުމުގެ ހަނގުރާމައާ ކުރިމަތި ލަމުން ކަމަށެވެ. އަދި ހަނގުރާމައާއި، ބަނޑަށް ޖެއްސުމާއި، ގަދަ ބާރުން ހިޖުރަކުރުމުގެ ހާލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އައްބާސްގެ ވާހަކަފުޅު ފެއްޓެވީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުށްވެރިކުރައްވަމުންނެވެ. އެކުވެރި ޤައުމުތަކުގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި ހަނގުރާމައިގައި މަދުވެގެން 65,419 މީހުން މަރުވެ، 167,160 މީހުން ޒަޚަމުވެފައިވެއެވެ. އިސްރާއީލުގެ ވައިގެ ހަމަލާތަކުން ސުންނާފަތި ކޮށްފައިވާ ގޭގެއާއި އޮފީސް އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ވަޅުލެވިފައިވާ ކަމަށް ވެސް ބެލެވެއެވެ.

މީގެ އިތުރުން ރައީސް އައްބާސް ފާހަގަކުރެއްވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާންގައި 1,139 މީހުން މަރުވެ، ގާތްގަނޑަކަށް 200 މީހުން ޣައްޒާއިން ހައްޔަރުކުރެވުނު ކަމަށެވެ. އައްބާސް ވަނީ އިޒްރޭލުން ހިންގަނީ ޖެނޮސައިޑެއް ކަމަށް ވިދާޅުވެފައެވެ.

 

ހިއްސާ ކުރައްވާ!