އަލްޤުދުސް ބްރިގޭޑުން ޔަހޫދީން ނައްތާލައިފި

ފަލަސްޠިނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޖިހާދުގެ ހަނގުރާމަވެރި ހަތިޔާރު އެޅި ގޮފިކަމަށްވާ އަލްޤުދުސް ބްރިގޭޑުން ވަނީ ޣައްޒާގެ އައްނަސްރު ސަރަހައްދުގައި ދުރާލައިގެން ގޮވާ ތަކެތި ހަރުކޮށްފައި ހުރި ގެއެއް ގޮއްވާލައި، ޔަހޫދީ ޓެރަރިސްޓުންގެ ބަޔަކު ނައްތާލައިފައެވެ.

އަލްޤުދުސް ބްރިގޭޑުން ބުނާ ގޮތުގައި، މި ގޮވުމުގައި ބޭނުންކޮށްފައިވަނީ އެ ސަރަހައްދުން ފެނުނު ޔަހޫދީނ ގެންގުޅުނު ގޮވާތަކެއްޗެވެ. މި ގޮއްވުން ގޮއްވާލީ ޔަހޫދީ ޓެރަރިސްޓުންގެ އިންޖިނިއަރިންގ ޔުނިޓެއް އެ ގެއަށް ވަދެ ބަނޑަހަ ޖެހުމާއެކުގައެވެ.

އަލްޤުދުސް ބްރިގޭޑުން އިތުރަށް ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު އިސްލާމީ ޖިހާދުން ވަނީ އެމީހުންގެ ހުދްހުދް ޑްރޯނެއް މެދުވެރިކޮށް ޔަހޫދީ ޓެރަރިސްޓުން ގޮވާލި މަންޒަރު ރެކޯޑު ކުރެވިފައިވެއެވެ.

އަލްޤުދުސް ބްރިގޭޑުން ބުނެފައި ވަނީ އެ ގޭގައި ބަނޑަހަ ޖަހައިގެން ތިބި ޔަހޫދީ ހުރިހަިއ ޓެރަރިސްޓުން ކާޟިޔާބު ކަމާއެކު ނައްތާލެވުނު ކަމަށެވެ.

ހިއްސާ ކުރައްވާ!