މެންޗެސްޓަރގެ ޔަހޫދީ ފައްޅިއަކަށް ދިން ހަމަލާގައި 3 މީހުން މަރުވެއްޖެ

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައި ހުންނަ ޔަހޫދީ ފައްޅިއެއްގެ ކައިރީގައި ދިން ހަމަލާއެއްގައި 3 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަމަލާ ދިން މީހާވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މެންޗެސްޓަރ ޕޮލިސްއިން ބުނި ގޮތުގައި މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ހާއިރުއެވެ. ހަމަލާ ދީފައި ވަނީ ކާރެއް ބޭނުންކޮށްގެން މީހުންނަށް އަމާޒުކޮށް ގެންނެވެ. އަދި ވަޅި ޖަހާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާގައި ތިން މީހަކު ވަނީ ނުރައްކާތެރި މިންވަރަކަށް ޒަހަމްވެފައެވެ. ހަމަލަ ދިން މީހާ މަރުވީ ބަޑީގެ ހަމަލައެއްގައެވެ.

މި ހާދިސާ ހިނގި ވަގުތު ފައްޅީގައި ގިނަ އަދަދެއްގެ މީހުން ތިބި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް ނުދިއުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވީ: މި ހާދިސާ ހިނގާފައިވަނީ ޔަހޫދީންގެ އެންމެ މުޤައްދަސް ދުވަހުގައި ކަމުން މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމެކެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާއި، ލަންޑަނުގައި ހުންނަ އިސްރާއީލުގެ އެމްބަސީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ހުރިހާ ޔަހޫދީ ފައްޅިތަކެއްގައި ސެކިއުރިޓީ ވަރުގަދަ ކުރާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!