ފަލަސްޠީނުގެ ޓެކްސް ފައިސާއިން ޔަހޫދީ ދައުލަތުން ޖަމާކޮށްފައިވާ ފައިސާގެ ތެރޭން 7.54 މިލިއަން ޑޮލަރު، ޔަހޫދީންގެ އާއިލާތަކަށް ދިނުމަށް ޒަޔަނިސްޓުންގެ ޓެރަރިސްޓް ސަރުކާރުން ނިންމައިފިއެވެ. ޔަހޫދީ ޓެރަރިސްޓުން ބުނެފައި ވަނީ މި ފައިސާއަކީ ފަލަސްޠީން ގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުޜާ ފަރާތްތަކުން ހިންގި ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނާ 41 ޔަހޫދީ އާއިލާއަކަށް ބަހާވާ ފައިސާއެވެ. މިކަން ހާމަކޮށްފައިވަނީ ޔަހޫދީންގެ މީޑިއާ އިންނެވެ.
ޓެރަރިސްޓު ޔަހޫދީންގެ ސަރުކާރުން މި ފައިސާ ދޫކޮށްފައިވަނީ ފަލަސްޠީނު ސަރުކާރުން ދެކޮޅު ހަދަމުން ދަނިކޮށެވެ. ޔަހޫދީން ހިންގާ ޓެރަރިސްޓް ހަމަލަތަކަށާއި ހޮލޮކޯސްޓް ހަމަލަތަކުން ގެއްލުން ލިބޭ ފަލަސްޠީނު އާއިލާތަކަށް ޔަހޫދީންގެ ފުށުން ބަދަލު ދިނުމެއް ނޯވެއެވެ.
ޔަހޫދީންގެ ޓެރަރިސްޓް ސަރުކާރުން ބުނަނީ ފަލަސްޠީނުން ޔަހޫދީންނަށް ލިބެންވާ ޖުމްލަ އަދަދަކީ 20.4 މިލިއަން ޑޮލަރު ކަމަށެވެ. އަދި މީގެ ތެރެއިން 7.2 މިލިއަން ޑޮލަރު ވަނީ ފަލަސްޠީނު ސަރުކާރުގެ ކަސްޓަމްސް އަދި ޖީއެސްޓީގެ ފައިސާއިން ހޯދާފައި ކަމަށެވެ. މި ފައިސާއަކީ ފަލަސްޠީނަށް އިމްޕޯޓްކުރެވޭ މުދަލުން ނަގާ ޓެކްސްގެ ގޮތުގައި އިސްރާއީލުން އެއްކުރާ ފައިސާއެވެ. ފަލަސްޠިނުގެ ކަސްޓަމްސް ބަލަހައްޓަނީ ޔަހޫދީންނެވެ.
ދުނިޔެއަށް ބޫތުކާފައިވާ ޔަހޫދީންގެ ކިބައިން އިންސާފާއި ސުލްޙައެއް ލިބިދާނެ ކަމަށް ބެލުމަކީ ބިލާހެކެވެ.






