މިސްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުލް ޢާޠީ ވިދާޅުވަނީ ޝަރަމުއްޝައިޚުގައި ބެއްވި މަޝްވަރާތައް ކާމިޔާބު ކަމަށެވެ. ނަމަވެސް ޔަހޫދީންގެ އަމަލުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ބޮން އަލައި ޖެނޮސައިޑް ހިންގައި ހޮލޮކޯސްޓާގެން ޔަހޫދީން ދަނީ ކުރިއަށެވެ.
އަބްދުލް އަތީ ވިދާޅުވީ ޔަހޫދީންނާ ހަމާސްގެ މަޝްވަރާތަކުގައި "ދެ ދައުލަތުގެ ހައްލާއި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ފުރިހަމަ އެއްބައިވަންތަކަމުގެ މައްޗަށް ބިނާކޮށް އިންސާފުވެރި ސުލްހައިގެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާ" ކަމަށެވެ.
މިސްރުގެ މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގެ މަގުސަދަކީ ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުންނާއި ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި ހަނގުރާމައިގެ އަސީރުން ބަދަލު ކުރުމާއި ޔަހޫދީ ސިފައިން ޣައްޒާއިން ބޭރުވުމާއި އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އެމެރިކާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ މަރުހަލާއާ މެދު އެއްބަސްވުމަކަށް އައުމެވެ.
އޭނާ އިތުރަށް ވިދާޅުވީ "ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކޮށްލުން ހުއްޓުވުމަށްޓަކައި ޣައްޒާއަށް އިންސާނީ އެހީ ފުރިހަމައަށް ޝަރުތުތަކާ ނުލައި ފޯރުކޮށްދިނުމުގެ އިތުރުން ހުރިހާ ފަރާތްތަކެއްގެ ސަލާމަތެއް ކަށަވަރުކޮށްދީ، އިސްރާއީލުން ޣައްޒާއިން ފުރިހަމައަށް ބޭރުވުން ކަށަވަރުކޮށްދީ، ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް އިންސާފުވެރި ސުލްހައިގެ މަރުހަލާއެއް ގާއިމްކުރުން" ކަމަށެވެ. އަދި 1967ގެ ޖޫން 4 ގައި އޮތް ބޯޑަރުތަކަށް އެއްބަސްވުމާއެކު، ފަލަސްތީނުގެ ޒާތީ މިނިވަން އިދާރާގެ ބާރު ކަށަވަރު ކުރުން ކަމަށެވެ.
މިސްރުގެ މިނިސްޓަރު ވިދާޅުވީ ޤާހިރާއިން ދަނީ "ޣައްޒާގައި އަވަހަށް ހާލަތު ރަނގަޅުކުރުމަށާއި ޣައްޒާ އަލުން ބިނާކުރުމާ ބެހޭ ކޮންފަރެންސަކަށް ތައްޔާރުވުމަށް އެއްފަހަރާ މަސައްކަތް ކުރަމުން" ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފާއި ބަނޑަށް ޖެއްސުން ކުޑަކުރުމަށް މިސްރުން ކުރާ ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ބުރުގައި މިކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޔަހޫދީންނަކީ މިއަދާ ހަމައަށް އެއްވެސް މުއާހަދާއަކަށް ޙުރުމަތްތެރިކޮށް ހިތާފައި ނުވާ ބަޔަކަށްވާތީ މަޝްވަރާގެ މޭޒުދޮށުން ޔަހޫދީންނަށް އެއްވެސް ކަމެއް ވިސްނޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.





