އަޤްޞާ ޠޫފާން ތިންވަނަ އަހަރަށް ވަންނައިރު، ޔަހޫދީން ސާބިތުކޮށްދީފައި ވަނީ އިންސާނީ ތާރީޚުގައި އެންމެ ގިނައިން ނޫސްވެރިން މަރާފައިވާ ބަޔަކީ އެމީހުން ކަމަށެވެ. ޔަހޫދީން ވަނީ ކޮންމެ 69 ގަޑިއަކުން ނޫސްވެރިއެއް މަގުން، ޓެރަރިސްޓް ހަމަލަތަކުގައި ނޫސްވެރިން މަރާފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ފަލަސްޠީނު މިނިވަން ކުރުމަށް ފެށި އަޤްޞާ ޠޫފާނަށް ފަހު މިހާތަނަށް ޔަހޫދީން ވަނީ 254 ނޫސްވެރިން މަރާލާފައެވެ.
މީގެ ކުރިން ދޮން މީހުން ހިންގާފައި އެހެން ހަނގުރާމަތަކުގައި މިވަރަކަށް ނޫސްވެރިން މަރާފައެއް ނުވެއެވެ. ދޮން މީހުން ނިންގާފައިވާ ބޮޑެތި ހަނގުރާމަތައް ކަމުގައިވާ އެމެރިކާގެ ދާޚިލީ ހަނގުރާމައާއި، ޖަރުމަނުން ހިންގާފައިވާ ދެ ބޮޑު ހަނގުރާމަތަކާއި، އެމެރިކާއިން ހިންގާފައިވާ ކޮރެއާ ހަނގުރާމައާއި، އެމެރިކާއިން ހިންގާފައިވާ ވިއެޓްނާމް ހަނގުރާމައާއި، ސަރުބުން ހިންގާފައިވާ ޔޫގޮސްލާވިއާ ހަނގުރާމައާއި އަދި އެމެރިކާއިން ހިންގާފައިވާ އަފްޣާނިސްތާނު ހަބނގުރާމައާއި އަދި އިރާގް ހަނގުރާމައިގައިވެސް މިހާގިނައިން ނޫސްވެރިން މަރާލާފައެއް ނުވެއެވެ. ނުވަތަ މަރުވިޔަ ދީފައެއް ނުވެއެވެ.
ޔަހޫދީން މަރާފައިވާ މީހުންގެ ތެރޭގައި ތަޖުރިބާކާރު ރިޕޯޓަރުންނާއި ފޮޓޯޖާނަލިސްޓުންނާއި މީޑިއާގެ ތަމްރީނު ހޯދާފައިވާ ޒުވާނުން ހިމެނެއެވެ.
މިމީހުންނަކީ ޔަހޫދީންގެ ޖެނޮސައިޑް ދުނިޔެއަށް ޑޮކިއުމެންޓް ކޯށްދީ ޔަހޫދީންގެ އަނދިރި ސަފްހާތަށް ލިޔެދިން މީހުންނެވެ. އަލްޖަޒީރާއިން ވަނީ މި ޖެނޮސައިޑްގެ ވަކިވަކި މީހުންނާ ބެހޭ ޚާއްސަ ޑޮކިއުމެންޓްތައް އެކުލަވާލާފައެވެ. އަދި ލަންޑަން ޔުނިވާސިޓީގެ ގޯލްޑް ސްމިތުންވެސް މިކަން ޑޮކިއުމެންޓްކޮށްފައި ވެއެވެ. ނޫސްވެރިންގެ މަސައްކަތުން ލިބުނު ޑޭޓާ އެއްކޮށް ބޮޑެތި ޕިކަޕްތައް ފުރައި ހުރި ޑޮކިއުމެންޓްތައް ދެކުނު އެފްރިކާއިން ވަނި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ޔަހޫދީންގެ ޓެރަރިސްޓް ހަމަލަތަކާއި ޖެނޮސައިޑްގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 114 ނޫސްވެރިން މަރާފައިވެ އެވެ. މި އެންމެވެސް މަރާފައި ވަނީ އެމެރިކާއިން ޔަހޫދީންގެ ޖެނޮސައިޑަށް ދޭ އެހީތެރިކަމާއެކުގައެވެ.






