ޕާކިސްތާނަށް ދިން ހަމަލާއެއްގައި ޗައިނާގެ ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާކަމަށް ތުހުމަތު ކޮށްފިއެވެ. ނަމަވެސް މިކަމުން އިންޑިއާއާއި ޗައިނާގެ ގުޅުމަށް ހިޔަނި އެޅޭނެ ކަމަކަށް ނުބެލެވެއެވެ. އިންޑިއާގެ ސިޓީތަކުން ޗައިނާއަށް ސީދަ ދަތުރުތައް ފެށުމުގެ މަސައްކަތް ވަނީ މިހާރު އެއްކޮށް ނިމިފައެވެ.
އިންޑިއާގެ ޕަހަލްގަމްގައި 2025 ވަނަ އަހަރުގެ އެޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވުމާ ގުޅިގެން ޗައިނާއާ ދެކޮޅަށް ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ޗައިނާގެ ކަންކަން ދިރާސާކުރާ މާހިރަކު ހާމަކުރައްވާ ގޮތުގައި، މި ހަމަލާގައި ބައިވެރިވި ޓެރަރިސްޓުންގެ ތެރެއިން އެކަކު ވަނީ ޗައިނާގެ ހުއަވޭ ފޯނެއް ބޭނުން ކޮށްފައެވެ. އަދި އޭނާގެ މުވާސަލާތު ކުރުމުގައި ބޭނުން ކުރީ ޗައިނާގެ ސެޓެލައިޓެއް ކަމަށްވެސް ބުނެއެވެ. އެ މުވާސަލާތުގައި އެމީހާ ޕާކިސްތާނުގައި ތިބި އެމީހުންގެ ބައިވެރިންނާ ވާހަކަ ދެއްކި ކަމަށް ވެއެވެ.
ދަޓްރިބިއުންގައި މި ވާހަކަ ރިޕޯޓުކުރަމުން ބުނެފައި ވަނީ މި ހަމަލާއަށް ފަހު ޗައިނާއިން ޕާކިސްތާނަށް ސެޓެލައިޓް ފޮޓޯއާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ މަސްދަރެއް ހާމަކޮށްފައެއް ނުވެއެވެ.
އެންމެ ފުރަތަމަ މި ހަމަލާގެ ޒިންމާ ނެގާފައި ވަނީ "ދަ ރެސިސްޓެންސް ފްރޮންޓް" (ޓީ.އާރު.އެފް) އެވެ.
މިފަދަ ކަންކަން ހުރިނަމަވެސް އިންޑިއާއިން މަސައްކަތް ކުރަނީ އަވަށްއޓެރި ގުޅުން ދަމަހައްޓާށެވެ.






