ހަމާސް އިން ވަނީ ޣައްޒާގައި ޔަހޫދީން ހިންގާ ޖެނޮސައިޑް ނިމުމަކަށް ގެނައުމަށާއި، ޓެރަރިސްޓް އިސްރާއީލީ ސިފައިން އަނބުރާ ގެންދިއުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަދި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިއުލާނުކޮށްފައެވެ.
މި އެއްބަސްވުމަށް ވާސިލުވުމުގައި ޤަތަރު، މިސްރު އަދި ތުރުކީގެ މެދުވެރިންގެ މަސައްކަތްތައް ފާހަގަ ކޮށް އެފަރާތްތަކަށް ޝުކުރު އަދާ ކޮށްއފައި ވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްތަކަށް ވެސް ހަމާސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް އިސްރާއީލަށް ބާރުއެޅުމަށާއި، އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުމުގައި ޔަހޫދީން ފަހަތު ފަޔަށް ބުރަވުމަށް ފުރުސަތު ނުދިނުމަށް ރައީސް ޓްރަމްޕަށާއި، ގެރެންޓަރު ޤައުމުތަކަށާއި، އަރަބި އަދި އިސްލާމީ ޤައުމުތަކުގައި ހަމާސްއިން ވަނީ އެދިފައެވެ.






