ޖެނޮސައިޑް ނިމުމަކަށް ގެނައުމަށް ޔަހޫދީން އެއްބަސްވުމުން ޓްރަމްޕް ދިން ބަޔާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ މަރުހަލާގައި އިސްރާއީލާއި ހަމާސް އިން ސޮއިކޮށްފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި، މީގެ މާނައަކީ "ހުރިހާ އަސީރުން ވަރަށް އަވަހަށް ދޫކޮށްލާނެ" ކަމަށް ވެސް ވިދާޅުވެފަ އެވެ.

ތިރީގައި މިވަނީ ޝަރުމުއްޝެއިޚް ގެ އެއްބަސްވުމާ ގުޅިގެން ޓްރަމްޕް ކުރެއްވި އިއުލާންގެ ލިޔުމެވެ.

އަޅުގަނޑުމެންގެ ސުލްޙައިގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި އިސްރާއީލާއި ހަމާސްއިން ސޮއިކޮށްފައިވާކަން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު އިޢުލާންކުރަން.
މާނައަކީ ވަރަށް އަވަހަށް ހުރިހާ އަސީރުން ދޫކޮށްލާނެ ކަމާއި، ވަރުގަދަ، ދެމިއޮންނަ، ދާއިމީ ސުލްހައަކަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އިސްރާއީލުން އެއްބަސްވެފައިވާ ރޮނގަކަށް ސިފައިން އަނބުރާ ގެންދާނެ.

ހުރިހާ ފަރާތްތަކާ މެދު އިންސާފުވެރިކޮށް ކަންތައް ކުރާނެ!

މިއީ އަރަބި އަދި މުސްލިމް ދުނިޔެއަށް، އިސްރާއީލަށް، އަވަށްޓެރި ހުރިހާ ޤައުމުތަކަށް، އަދި އެމެރިކާއަށް ވެސް ބޮޑު ދުވަހެއް. މި ތާރީޚީ އަދި މީގެ ކުރިން ނުފެންނަ ޙާދިސާ ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ގަތަރާއި މިޞްރާއި ތުރުކީގެ މެދުވެރިންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން.

ސުލްހަ ގާއިމުކުރާ މީހުންނަށް ބާއްޖަވެރިކަން ހުރި!

ހިއްސާ ކުރައްވާ!