ޔަހޫދީ ހަނގުރާމައިގެ އަސީރުންގެ ބަދަލުގައި ޔަހޫދީން ވަނީ ވަގަށް ނަގާފައިވާ ފަލަސްތީނުގެ މަތީ ފެންވަރުގެ ހަ ގައިދީން މިނިވަން ކުރުމަށް އެއްބަސްވެފައެވެ. އެއީ:
މަރްވާން ބަރްޣޫތީ (ފަތަހު ޖަމާއަތުގެ ލީޑަރު)، (ދެވަނަ ޔަހުޔާ ސިންވާރުގެ ލަގަބު ދީފައިވާ ލީޑަރު)
އަބްދުالله ބަރްޣޫތީ (ހަމާސްގެ ބޮން އުފައްދާ މޭސްތިރިޔާ)،
އިބްރާހިމް ހަމީދު (ހަމާސްގެ ކޮމާންޑަރު)،
އަހުމަދު ސާދާތު (ޕޮޕިއުލާ ފްރޮންޓް ފޯރ ދަ ލިބަރޭޝަން އޮފް ޕަލެސްޓައިންގެ ވެރިޔާ)،
އްބާސް އައްސައްޔިދު (އަމިއްލައަށް ބޮން ގޮއްވާ ޕްލޭނަރު)،
ހަސަން ސަލާމަހް (ހަމާސްގެ އޮޕަރޭޓިވް) އެވެ.
މިއެންމެންގެ ބަންދުގެ މުއްދަތު އެއްކޮށްލުމުން 200 އަހަރަށް ވުރެން އިތުރު ވެއެވެ. މިއީ ފަލަސްޠީނު މިނިވަން ކުރުމަށް ލިބޭ ކާމިޔާބީއެއް ކަމަށް ބެލެވެއެވެ.
ޚާއްސަކޮށް މަރުވާން ބަރުޣޫޘީ މިނިވަން ކުރުމަކީ ގެރެންޓީ ހަމަވެފައިވާ މަހުމޫދު އައްބާސް ހިންގާ ފަލަސްޠީނުގެ ސަރުކާރަށް އައު ދިރުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އައްބާސް މަގާމުގައި ދެމި ހުންނަވަނީ އިންތިޚާބަކާ ނުލައެވެ. ބަރުޣޫޘީ އަކީ މަގްބޫލު ޝަޚުސިއްޔަތެކެވެ،. ބަރުޣޫޘީ އާއިލާއަކީ ޤުރައިޝް ވަންހައަށް ނިސްބަތްވާ ފަލަސްޠީނާއި ފަލަސްޠީނުގެ މިނިވަންކަމާއި ފިކުރީ ހަރަކާތުގައި ބިންވަޅު ނެގިފައިވާ ބޮޑު ޚާންދާނެކެވެ.






