ހަމާސްއިން ކުރި ހޯދައިފި: ހަމާސްއިން ކުރި ޝަތުރުތަކަށް ޔަހޫދީން އެއްބަސްވެއްޖެ.

ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ދިރިހުއްޓައި މިނިވަން ކުރާ ޔަހޫދީ ހަނގުރާމައިގެ އަސީރުންގެ 20 މީހުންގެ މުޤާބިލުގައި އިސްރާއީލުން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުންގެ 1،950 މީހުން މިނިވަން ކުރަން ޔަހޫދީން ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި އުމުރު ދުވަހުގެ ޙުކުމް އިއްވާފައިވާ 250 މީހުންނާއި، ޖެނޮސައިޑް ހަނގުރާމަ ފެށި ފަހުން ހައްޔަރުކޮށްފައިވާ 1،700 މީހުން ހިމެނެއެވެ.

މި އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްފަހު 72 ގަޑިއިރުގެ ތެރޭގައި މީހުން ދޫކޮށްލުން ފެށޭނެއެވެ. އިސްރާއީލުގެ ސިފައިން ވެސް ޣައްޒާގެ އެއްބަސްވެފައިވާ ސަރަޙައްދުތަކުން އަނބުރާ ގެންދާނެއެވެ.

އެއްބަސްވުމުގެ ދަށުން، ރަފަޙް ކްރޮސިންގ އަދި އެހިސާބުގެ ވަށައިގެން ހުރި ސަރަޙައްދުތަކުން ޖެނޮސައިޑް އިސްރާއީލީ ސިފައިން އަނބުރާ ގެންދަންޖެހޭނެއެވެ. އަދި ފަލަސްތީނުގެ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ފަރުވާއަށް މިސްރަށް ގެންދިއުމާއި، ރަފަހު ކްރޮސިންގ ދެ ފަރާތަށް ހުޅުވަން ޖެހޭނެއެވެ.

ހަމަލަތައް ހުއްޓާލުން ފެށޭ ފުރަތަމަ ފަސް ދުވަހު ދުވާލަކަށް މަދުވެގެން 400 ލޮރީގެ އެހީ ޣައްޒާއަށް ވައްދަބން ޖެހެއެވެ. އަދި އޭގެ ފަހުގެ ދުވަސްތަކުގައި މި އަދަދު އިތުރުކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ޣައްޒާގެ ދެކުނުން އުތުރަށް ޣައްޒާ ސިޓީއަށް މީހުން އަނބުރާ ގެންދިއުމަށް ހުއްދަވެސް ދެވޭނެއެވެ.

ހިއްސާ ކުރައްވާ!