އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ޔަހޫދީން އަހުދާ ޚިލާފް ވާން ފަށައިފި

އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ހަމާސްގެ ލީޑަރު ބަޠަލް ޝަހީދު ޔަހްޔާ ސިންވާރު އާއި އޭނާގެ އަޚް މުހައްމަދު ސިންވާރުގެ ހަށިގަނޑު، އިޒްރޭލުން ދުލެއް ނުކުރާނެއެވެ. އަދި ހަމާސްގެ ބަންދުގައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން މިމީހުން އަނބުރާ ރައްދު ކުރުމަށް ކުރިން އެއްބަސްވިއަސް މިހާރު އެގޮތަށް އެކަން ހަމަޖެއްސެން ނެތް ކަމަށް އިސްރާއީލުން ބުނެފިއެވެ.

ޔަހްޔާ ސިންވަރަކީ އޮކްޓޯބަރު 7 ގައި  ފަލަސްޠީނު މިނިވަން ކުރުމަށް ފެށި އަޤްޞާ ޠޫފާންގެ ހަމަލާގެ މައިގަނޑު މޭސްތިރި އެވެ. އޭނާގެ އަޚް މުހައްމަދު ސިންވަރަކީ ކުރު މުއްދަތަކަށް ހަމާސް ހިންގި ފަރާތެވެ. މި ދެ މީހުންވެސް ޝަހީދު ކުރީ ޔަހޫދީންގެ ޓެރރިސްޓް ހަމަލާގައެވެ.

ހިއްސާ ކުރައްވާ!