ޣައްޒާގެ 58 ޕަސެންޓް ކޮންޓްރޯލު ކުރާނީ ޒަޔަނިސްޓް ޓެރަރިސްޓުން

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައި ޔަހޫދީ ޓެރަރިސްޓް ސިފައިން ޣައްޒާއިން ބޭލުމަށް ބުނާއިރު ޣައްޒާގެ 58 ޕަސެންޓް ކޮންޓްރޯލު ކުރާނީ ޔަހޫދީ ޓެރަރިސްޓް ސިފައިންނެވެ.

ރީނދޫ ކުލައި މިވަނީ ޔަހޫދީން ސިފައިން ބައިތިއްބާނެ ސަރަހައްދެވެ.

ޔަހޫދީ ސިފައިން ބައިތު ހަނޫންއާއި ބައިތު ލާހިޔާއާއި ޝުޖާއިއްޔާ އަދި ތުއްފާޙާ އަދި ޒައިތޫން ގެ ބައެއްގައި ތިބޭނެއެވެ. އަދި ޚާން ޔޫނިސްގެ ބޮޑު ބައެއް ކޮންޓްރޯލު ކުރާނެއެވެ. އަދި ރަފަހަ އެއްކޮށް ކޮންޓްރޯލު ކުރާނެއެވެ. އަދި އޭގެ އިތުރުން ޣައްޒާއަށް ވަދެ ނިކުމެވޭ ހުރިހައި ތަނެއް ކޮންޓްރޯލު ކުރާނީ ޔަހޫދީންނެވެ.

ހިއްސާ ކުރައްވާ!