އިސްރާއީލާއި ހަމާސްއާ ދެމެދު ވެވޭ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އެމެރިކާގެ 200 ސިފައިން މިހާރު މ،ސްރާބު ޖަހާފައިޥާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.
މި ސިފައިންގެ މައިގަނޑު މަސައްކަތަކީ ގެނޮސައިޑް ހުއްޓުވުމުގެ އެއްބަސްވުން ތަންފީޒުކުރުމުގައި އެހީތެރިވުމެވެ. މިގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ) ގެ ނަމުގައި ޓާސްކް ފޯހެއް ވަނީ އުފައްދާފައެވެ.
އެމެރިކާ އޮފިޝަލުން ބުނާ ގޮތުގައި މި ސިފައިން ތިބޭނީ އިސްރާއީލުގައެވެ. ޣައްޒާއަށް ނުވަންނާނެ ކަމަށް ވެއެވެ. ސީއެމްސީސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޣައްޒާއަށް އިންސާނީ އެހީ އާއި ސެކިއުރިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިތުރު ގައުމުތަކުން ބޭނުން ނަމަ މި މީހުންނާ ބައިވެރި ވެވިދާނެ ކަމަށް ބުނެއެވެ.
މި ޓާސްކް ފޯހުގައި ޤަތަރު، މިސްރު، ތުރުކީ އަދި ޔޫއޭއީގެ ސިފައިންގެ ބައިވެރި ވާނެއެވެ. އަދި މި ޤައުމުތަކުގެ ސިފައިންނަށް ޣައްޒާއަށް ވަދެވޭނެ ކަމަށް ވެއެވެ. މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ޖެނޮސައިޑް ހުއްޓުވުމުގެ އެއްބަސްވުން ރަނގަޅަށް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމެވެ.
އެމެރިކާގެ އިސް އޮފިޝަލުން ބުނާ ގޮތުގައި މިއީ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށާއި، އެއްބަސްވުން ތަންފީޒުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް ވެއެވެ. އެހެންނަމަވެސް މި އެއްބަސްވުން ތަންފީޒުކުރެވޭތީ އުފާވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ބުނެފައިވެއެވެ.







