ޔަހޫދީން ހަމަލަތައް ހުއްޓާލުމަށް އަމަލެއް ނުކުރޭ: ޖަޒީރާ މުރާސިލް ޠާރިޤް އަބޫ އައްޒޫމް

ޖަޒީރާ މުރާސިލް ޠާރިޤް އަބޫ އައްޒޫމް ރިޕޯޓް ކުރާ ގޮތުގައި ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުމަށް ޔަހޫދީން އަމަލެއް ނުކުރެއެވެ. އޭނާ ބުނަނީ ރިޕޯޓ ްކުރަމުންދާއިރުވެސް މިވަގުތު ވެސް ނުސެއިރާތު ރެފިއުޖީ ކޭމްޕްގެ މަތިން އިސްރާއީލު އަސްކަރީ މަތިންދާބޯޓުތަކުގެ އަޑު އިވެމުންދާކަމަށެވެ.

މިކަމުން ދޭހަވަނީ އިސްރާއީލުން އަދިވެސް އެ ސަރަހައްދުން ޔަހޫދީ ސިފައިން ފުރިހަމައަށް ނުގެންދާކަމެވެ. ޔަހޫދީ ސިފައިން ފަހަށް ނުޖެހޭނަމަ ޣައްޒާއަށް އެހީ ރައްކާތެރިކަމާއެކު ވެއްދުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބނެއެވެ.

އެހީތައް އެކަށީގެންވާ ގޮތެއްގައި އދ. ގެ ގުދަންތަކަށް ވައްދައި، އެތަނުން ބޭނުންޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެއެވެ.

ހިއްސާ ކުރައްވާ!