ޔަހޫދީން ދޫކޮށްލާ ފަލަސްޠީނު މީހުންގެ ލިސްޓް އަދިވެސް ހާމަ ނުކުރޭ

އިސްރާއީލުގެ ޗެނަލް 13 އިން ހާމަކުރި ގޮތުގައި، ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްތީނު މީހުންގެ ލިސްޓް އަދި ޔަހޫދީ ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ. ޔަހޫދީން މަސައްކަތް ކުރަނީ އެ ލިސްޓުން 10 ނަން ބަދަލުކުރާސެވެ.

އޭގެ ތެރޭގައި ބަޠަލް މަރުވާން ބަރުޣޫޘީ މިނިވަން ނުކުރާނެ ކަމަށް ޔަހޫދީން ބުނެއެވެ.

ޔަހޫދީ އިސްރާއީލުގެ ޖަލުތަކުގައި 11,100 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަގަށް ނަގައިގެން ބަންދު ކޮށްފައި ވެއެވެ. މިމީހުންނަށް އަނިޔާކުރުމާއި، ބަނޑަށ ްޖެއްސުމާއި ސިއްހީ ފަރުވާއިން މަހުރޫމް ކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނާއި މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އަދި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފަލަސްޠީނު މީހުން ޖަލުތަކުގައި ޝަހީދު ކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުތަކުން ހާމަކުރެއެވެ.

ހިއްސާ ކުރައްވާ!