ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިޒްރޭލުގެ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ހާމަކޮށްފިއެވެ. މީގެ ތެރޭގައި 193 ސައިންޓިސްޓުންނާއި ޢިލްމުވެރިންނާއި އެކަޑަމިކް މުވައްޒަފުން ޝަހީދުކޮށްފައިޥާ ކަމަށާއި، 670 އަށްވުރެ ގިނަ ސްކޫލް ހަލާކުކޮށްފައިވާ ކަމަށާއި، އަދި 13,500 އަށްވުރެ ގިނަ ދަރިވަރުން ޝަހީދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އިޒްރޭލުގެ ހޮލޮކޯސްޓް ޢަމަލުތަކުގެ ސަބަބުން 2 މިލިއަން ފަލަސްތީނުން މަޖުބޫރުން ހިޖުރަކުރަން ޖެއްސިއެވެ.
އަދި 600 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން އެހީގެ ގަފިލާތަކާއި މުދާ އުފުލާ ޓްރަކުތައް ވަނުމަށް ހުރަސްއަޅައިފައި ވެއެވެ،
ކާބޯތަކެތީ ބަހައްޓާ ތަންތަނަށް ހަމަލާދީފައިވެއެވެ.
މުހިންމު ދާއިރާތަކަށް ލިބުނު ގެއްލުމުގެ އަގު 70 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސަރުކާރުގެ މީޑިއާ އޮފީހުން ރައްޔިތުންނަށް ގޮވާލާފައިވަނީ އާރާސްތުވުމުގެ މަރުހަލާގައި ސަރުކާރާއި އިންސާނީ އެހީގެ ޖަމާޢަތްތަކާއެކު އެއްބާރުލުން ދިނުމަށެވެ.
އަދި ޣައްޒާ އަލުން ބިނާކުރުމަށް ހާމަކަން ބޮޑު ގޮތެއްގައި ކުއްލި މަޝްރޫޢެއް ފެށުމަށް ގޮވާލައި، އިޒްރޭލުން ހިންގި ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޢަމަލުތައް ކުށްވެރިކޮށްފައިވެއެވެ.






