އޮންރުވާއިން ޣައްޒާއަށް ވެއްދުމަށް 6 ހާސް ލޮރި ތައްޔާރުކޮށްފައި

އަންރުވާގެ ސްޕޯކްސްޕާސަން ޖޮނަތަން ފޯލަރ ވިދާޅުވަނީ ޖެނޮސައިޑް ހަނގުރާމައިގެ މުޅި މުއްދަތުގައި ވެސް އެ ޖަމިއްޔާގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ. އަދި ޣައްޒާގައި 12،000 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ޖެނޮސައިޑް ހަނގުރާމައިގައި އެ ޖަމިއްޔާގެ 170 އަށްވުރެ ގިނަ މުވައްޒަފުން ޝަހީދުވެފައިވާ ކަމަށެވެ.

މިސްރާއި އުރުދުނުގައި ހުރި ގުދަންތަކުގައި ޣައްޒާއަށް ފޮނުވުމަށް 6،000 އެހީގެ ޓްރަކު ތައްޔާރަށް އޮތް ކަމަށާއި، އެހީ ބެހުމަށް ހުއްދައަށް އިންތިޒާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާނާއާއި ބޭސްފަރުވާގެ އެހީ ބޭނުންވެފައިވާ ކަމަށާއި، އެތަނުގެ ހާލަތު ކޮންމެ ވަގުތަކުވެސް ބަދަލުވަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

އިސްރާއީލުން ވަނީ ފާއިތުވި އަހަރުން ފެށިގެން އަންރުވާއާއެކު އެހީ ވިލަރެސްކުރުން ހުއްޓުވުމަށް ޤާނޫނުތަކެއް ފާސްކޮށް ތަންފީޒުކޮށްފައެވެ. އަދި ޣައްޒާއަށް އެތެރެވުމުގެ މަގުތައް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކާއި ހުރަސްތައް ނައްތާލަން ޖެހޭކަމަށާއި، ޣައްޒާގެ ދިރިއުޅުން ވަގުތުން އާންމު ހާލަތަށް އަނބުރާ ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!