އިސްރާއީލުގެ ސިފައިންގެ ބާރުގެ ފެށުނީ 20 ވަނަ ގަރުނުގެ ކުރީކޮޅު އުފެދުނު ޒިއޮނިސްޓް ހަތިޔާރުއެޅި ޓެރަރިސްޓް ގްރޫޕްތައް މެދުވެރިކޮށެވެ. މި ޓެރަރިސްޓންގެ ފުރަތަމަ ގްރޫޕަކީ 1907 ގައި އުފެދުނު "ބާރް ގިއޯރާ" އެވެ. އޭގެ ފަހުން 1909 ގައި "ހަޝޯމިރް" ޓެރަރިސްޓް ޖަމާއަތް އުފެދުނެވެ. 1920 ގައި ޓެރަރިސްޓް ޖަމާއަތް "ހަގާނާ" އުފެދި، 1931 ގައި ޓެރަރިސްޓް ޖަމާއަތް "އިރްގުން" އުފެދުނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ގިނަ އަދަދެއްގެ ޔަހޫދީން އިނގިރޭސި ސިފައިންގެ ބާރާ ގުޅުނެވެ. އަދި 1947 ގައި އދ. އިން ފަލަސްޠީނު ބައިކުރުމުގެ ޤަރާރު ފާސްވުމާއެކު، ޒިަޔަނިސްޓް ޔަހޫދީ ޓެރަރިސްޓް ގްރޫޕްތައް އެއްވެ، ފަލަސްޠީނު ބިން ހިފުމަށް ޓެރަރިސްޓް ހަމަލަތައް ދީ ޖެނޮސައިޑް ހިންގަން ފެށިއެވެ. 1948 ގެ މެއި 15 ގައި އިސްރާއީލު އުފެދި، އެމަހުގެ 26 ގައި ކުރީގެ ޓެރަރިސްޓް ޖަމާއަތްތައް "އިސްރާއީލީ ޑިފެންސް ފޯސް" ގެ ނަމުގައި ބަދަލު ވިއެވެ.
2024 ވަނަ އަހަރުގެ "ގްލޯބަލް ފަޔަރ ޕަވަރ" ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުގެ ސިފައިންގެ ބާރަކީ ދުނިޔޭގެ އެންމެ ވަރުގަދަ 145 ސިފައިންގެ ބާރުގެ ތެރެއިން 17 ވަނައެވެ. ޖަހޫދީ ޖެނޮސައިޑް ސިފައިންގެ އަހަރީ މަޖެޓަކީ 24 ބިލިއަން ޑޮލަރެވެ. އިސްރާއީލުގެ ސިފައިންގެ ތެރޭގައި 170،000 އެކްޓިވް ސިފައިން، 35،000 ޕެރަމިލިޓަރީ އަދި 465،000 ރިޒާވް ސިފައިން ހިމެނެއެވެ.
އެމެރިކާ އިން އިސްރާއީލަށް ޖެނޮސައިޑް ހިންގުމަށް ދޭ އަސްކަރީ އެހީގެ ސަބަބުން، މެދު އިރުމަތީގައި އިސްރާއީލަށް ވަނީ އަސްކަރީ ގޮތުން ބޮޑު ކުރިއެރުމެއ ްލިބިފައެވެ. 1950 އިން 2020 އަށް އިސްރާއީލަށް އެތެރެކުރި ހަތިޔާރުގެ 80% އަކީ ސަރަހައްދު ފަސާދަ ކުރުމަށް އެމެރިކާއިން ދިން ތަކެއްޗެވެ. 1948 އިން 2023 އަށް އެމެރިކާއިން އިސްރާއީލަށް ދިން އަސްކަރީ އެހީގެ އަދަދަކީ 130 ބިލިއަން ޑޮލަރެވެ. އަދި 2016 އިން ފެށިގެން، އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން އިސްރާއީލަށް ދެމުން ގެންދެއެވެ.






