ފަލަސްޠީނު: އިންތިފާޟާގެ ސާޅަނގައިން ސިންވާރުގެ ޕެރަޝޫޓުން މިނިވަންކަމަށް

ހަމާސްއިން ދިން 2023 އޮކްޓޯބަރު 7 ގައި ފެށި މިނިވަންކަމުގެ އަޤްޞާ ޠޫފާނުގެ ހަމަލާއާ ގުޅިގެން ފެށި ޖެނޮސައިޑް ހަނގުރާމައިގެ ދެ އަހަރު ފަހުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ވަނީ ކުރިއެރުމެއް ލިބިފައެވެ. މިހާރު އދ.ގެ މެމްބަރު ޤައުމު (81%) ވަނީ ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ.

1987 ގައި ފެށުނު ފުރަތަމަ އިންތިފާޟާ އިން ފެށިގެން، އަދި އެއަށްފަހު 2000 ގައި ފެށުނު ދެވަނަ އިންތިފާޟާއާ ހަމައަށް، ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތް ދިޔައީ ކުރިއަށެވެ.

ޔަހޫދީން ދިޔައީ އޮސްލޯ މުއާހަދާގައި ސޮއިކުރުމަށް ފަހު އެއަށް ބަދަލު ގެނަސް ދެވަނަ މުއާހަދާއެއް ހަދައި އެ މުއާހަދާވެސް އޮޅުވާލައި ފަލަސްޠީނުގެ ހައްގުތައް ނިގުޅައި ގަންނަމުންނެވެ.

ސިންވާރުގެ މޭސްތިރިކަމުގައި ފެށި އަޤްޞާ ޠޫފާނުގެ އޮކްޓޯބަރު 7 ގެ ހަމަލާގައި 1،200 އިޒްރޭލު މީހުން ޔަހޫދީ ސިފައިންގެ އަތްމަތިން މަރުވެފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ހަނގުރާމައިގެ އަސީރުން ފަލަސްޠީނަށް ލިބުނެވެ. މިކަމާ ގުޅިގެން އިޒްރޭލުން ފެށި ޖެނޮސައިޑް ހަނގުރާމައިގައި ލައްކައާ ގާތް ކުރާ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، މިލިއަނުން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރިއެވެ.

މި ހަނގުރާމައިގެ ސަބަބުން ފަލަސްޠީނު ދައުލަތެއް ޤާއިމްކުރުމަށް ލިބޭ ތާއީދު އިތުރުވެފައިވެއެވެ. އަދުި ދުނިޔޭގެ ރައްޔިތުންގެ ކުރިމަތީގައި އިޒްރޭލު ބޭޒާރު ވެފައި ވެއެވެ. ޖެނޮސައިޑް ހަނގުރާމަ ފެށުނުފަހުން 20 ޤައުމުން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. މީގެ ތެރޭގައި ޔޫކޭ ކެނެޑާ، އޮސްޓްރޭލިއާ، ޕޯޗުގަލް، ފްރާންސް، ބެލްޖިއަމް، ލަކްޒަމްބާގް، މޯލްޓާ އަދި އެންޑޯރާ ހިމެނެއެވެ.

ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އާންމު ރައްޔިތުންގެ ޚިޔާލުވެސް ވަނީ ބަދަލުވެފައެވެ. އެމެރިކާގައި 59% މީހުން އިޒްރޭލާމެދު ދެކެނީ ނުރަނގަޅު ގޮތުގައެވެ. އަދި 39% މީހުން ދެކޭގޮތުގައި ޣައްޒާގައި އިޒްރޭލުން ކުރާ ޢަމަލުތައް ވަނީ ހައްދުފަހަނަޅާފައެވެ. އިޒްރޭލުގައިވެސް 66% މީހުން ބޭނުންވަނީ ހަނގުރާމަ ނިންމާލުމަށެވެ. ނަމަވެސް އެމެރިކާ އިން ޖެނޮސައިޑަށް ވާގިވެރިވުމާއިއެކު ފުރިހަމަ މިނިވަންކަމާއި ސުލްހައަށް އަދިވެސް ވަނީ ދުރު ގައެވެ.

ހިއްސާ ކުރައްވާ!