އިންޑިއާގެ ރާޖަސްތާން ސްޓޭޓްގެ އަލްވާރު ސަރަހައްދުން މަންގަތް ސިންގް ނަމަކަށް ކިޔާ ސިކު ދަރިކޮޅުގެ މީހަކު، ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް އިންޓެލިޖެންސް (އައި.އެސް.އައި) އަށް ޖާސޫސީ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރެވުނީ "އީޝާ ޝަރްމާ" ގެ ނަމުގައި ހަރަކާތްތެރިވި ޕާކިސްތާނު އަންހެނަކު ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ މަގު ފުރެއްދުމުންނެވެ.
ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ސިންގް ވަނީ ސިފައިންގެ މަރުކަޒުތަކުގެ ކުރެހުންތަކާއި، ސިފައިންގެ ހަރަކާތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މިކަމުގެ މުޤާބިލުގައި ގިނަ ޢަދަދެއްގެ ފައިސާ ސިންގއަށް ލިބިފައިވާ ކަމަށް އިންޑިއާގެ ތަހުގީގީ އިދާރާތަކުން ބުނެއެވެ.
"އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ކުރިއަށްގެންދެވުނު ޓެކްނިކަލް ތަޙްޤީޤަކާއި ސަރވެއިލަންސް އޮޕަރޭޝަނަކަށްފަހު ސިންގް ވަނީ ހައްޔަރުކށްފައެވެ. މިހާރު އޭނާ ވަނީ އޮފިޝަލް ސީކްރެޓްސް އެކްޓް، 1923 ގެ ދަށުން ޖައިޕޫރުގެ ސެންޓްރަލް އިންޓަރޮގޭޝަން ސެންޓަރުގައި ބަންދުކޮށް، ތަޙްޤީޤު ކުރެވެން ފަށާފައެވެ. އަދި މިއީ ފުޅާ ދާއިރާއެއްގައި ހިންގާ ޖާސޫސީ ވިއުގައެއްގެ ބައެއްތޯ ބަލަމުން ގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.






