ޔަހޫދީންނަކީ ޖެނޮސައިޑް ހިންގުމުގައި ފަންނުވެރި ބަޔެއް. ދިރިއުޅުމުގެ ނިޝާންތައްވެސް ވަނީ ފޮހެލާފަ

ޣައްޒާގެ ޖެނޮސައިޑް ވަގުތީ ގޮތުން މަޑު ޖައްސާލުމާ ގުޅިގެން ޣައްޒާ މީހުން ދަނީ އެނބުރި އެމީހުންގެ ގެތައް ހުރިތަންތަން ކަމަށް ބެލެވޭ ތަންތަނަށް ޒިޔާރަތް ކުރަމުންނެވެ. މި ތަންތަނަށް ގޮސް މީހުން ތަކުބީރުި ކިޔައި ހަދާއިރު އެމީހުން ހައިރާން ވަނީ ޔަހޫދީން ނާޒީންނަށް ވުރެން މޮޅަށް ހޮލޮކޯސްޓް ހިންގާފައި ވާތީއެވެ. ނާޒީންނަށް އިންސާނީ ދިރިއުޅުމުގެ ނިޝާންތައް ފޮހެލި ކަމުގެ ތުހުމަތު ކުރެވިފައެއް ނު ވެއެވެ. ނަމަވެސް ޔަހޫދީން ވަނީ އެމީހުންގެ ޖެނޮސައިޑްގައި ފަލަސްޠީނުގެ އިންސާނުންގެ ދިރިއުޅުމުގެ ހުރިހައި ނިޝާނެއް ފޮހެލައި، އިމާރާތްތަކާއި އިންސާނުންނާއި ގހަސްގަހާ ގެއްސާއި ޖަނަވާރުންވެސް ފަނާކޮށްލާފައެވެ.

ޣައްޒާ ކޮންމެ ރައްޔިތަކުވެސް އެނީހެއްގެ މައިފުނަގެއާ ހަމަށް ގޮސް އިޙުސާސް ކުރަނީ ވަރަށް ޖަޒުބާތީ ހިނދުކޮލެކެވެ.

ޣައްޒާ ސިޓީގެ އެންމެ ބިޒީ އެއް މަގު ކަމަށްވާ އަލްޖަލާ މަގަކީ ޣައްޒާ ސިޓީގެ ހިތެވެ. އެއީ ދިރިއުޅުމުގެ ހުރިހައި ނިޝާނަކުން ވިންދު ޖެހި މަރުކަޒެކެވެ. ނަމަވެސް ޖެނޮސައިޑް ހިންގުމުގައި ފަންނުވެރި ޔަހޫދީން ވަނީ އެތަން އެއްކޮށް ޚަރާބު ކޮށްލާފައެވެ. ހީވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކކާއިން ހިރޮޝީމާގައި ހިންގި ޖަރީމާފަދަ މަރުކަޒެއް ހެންނެވެ.

ޖެނޮސައިޑް ހިންގުމުގައި ފަންނުވެރި ޔަހޫދީން ވަނީ އެމީހުންގެ ބޮން އެޅުމުން ހަލާކު ނުވެ ހުރި އެއްޗެތި އަމއިްލަ އަތުން ހަލާކުކޮށްލާފައެވެ. ސްކޫލްތަކުގެ ޗޮކްބޯޑްތައް ފާރުން ލުއްސާލައި ހަލާކުކޮށް އެއްލާލާފައި ވެއެވެ. ކުޑަދޮރުތައް ލުއްސާލާފައި ވެއެވެ. ކުޑަކުދިންގެ ކުޅޭ ސާމާނާއި ސައިކަލްތައް ހަލާކުކޮށްލާފައި ވެއެވެ. އިމާރާތްތަކުގެ ފަރުދާތައް ވެސް ވިދާލާފައި ވެއެވެ. ސަލާމަތުން ހުރި އެއްވެސް އެއްޗެއް ނެތެވެ.

 

ހިއްސާ ކުރައްވާ!