މިސްރުގައި ޤަތަރުގެ 3 ޑިޕްލޮމެޓުން ކުއްލިއަކަށް ނިޔައު ވެއްޖެ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމުގެ ކުރީ ދުވަހު މިޞްރުގެ ޝަރަމުއްޝައިޚްގައި ހިނގި ކާރު ހާދިސާއެއްގައި ޤަތަރުގެ 3 ޑިޕްލޮމެޓުން ނިޔައުވެ، އިތުރު 2 ޑިޕްލޮމެޓުންނަށް އަނިޔާވެއްޖެއެވެ. މި ޑިޕްލޮމެޓުންނަކީ މި ހަފްތާގެ ކުރީކޮޅު އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އިބްތިދާއީ ސުލްހައިގެ މަސައްކަތުގައި ބައިވެރިވި ބައެއްކަން އަދި ޔަގީނެއް ނުވެއެވެ.

ސަލާމަތީ ވަސީލަތްތަކުން ހާމަކުރި ގޮތުގައި، ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާ 50 ކިލޯމީޓަރު ދުރުގައި އޮތް ހަތަރު އަނގޮޅިއަކުން އަބުރާލަނިކޮށް ކާރު ފުރޮޅާލީއެވެ.

މިޞްރުގެ ރައީސް އަބްދުލް ފައްތާހް އައް-ސީސީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެގުމުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި 20 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް ހަމާސްއިން ވަނީ ޓްރަމްޕްގެ ހުށަހެޅުމުގައިވާ މުހިންމު ބައެއް ނުކުތާތަކާމެދު އިއުތިރާޒު ކުރާކަމަށް ބުނެ، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!