ޖެނޮސައިޑު ހިންގުމަށް ފަހު ބަދުނާމުވެގެން ޔަހޫދީންގެ ބުރުސޫރަ ރީތި ކުރަން މަސައްކަތް ކުރަނީ

ފަލަސްޠިނުގެ މިނިވަންކަމަށް ހަމާސްއިން އޮކްޓޯބަރު 7 ގައި ފެށި އަޤްޞާޠޫފާނަށް ފަހު ޔަހުދީން ކުރިއަށް ގެންދިޔަ ޖެނޮސައިޑްގައި އިސްރާއީލަށް ކުރިމަތިލާން ޖެހިފައި ވަނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ނޫން ކަމަށާއި، ދުނިޔޭގެ މީހުންގެ ނަޒަރުގައި ޒަޔަނިސްޓުންނާ މެދު އުފެދިފައިވާ ނަފްރަތާ ކުރިމަތިލާން ޖެހޭ ކަމަށްވެސް އިޒްރޭލުގެ މީޑިއާއިން ބުނެއެވެ. މި ކަމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، އިސްރާއީލުގެ ޖެނޮސައިޑް ހިންގާ ސިފައިންގެ ބާރު ގަދަ ވިނަމަވެސް، ޕަބްލިކް ޑިޕްލޮމެސީގައި އިޒްރޭލު ބަލި ވެފައިވާ ކަމަށް ބުނެއެވެ. އޮޅުވާލުމާއި ދޮގު މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި "ހަސްބާރާ" ގެ ނަމުން ޔަހޫދީން ވަނީ ބިލިއަނުން ޚަރަދުކޮށް ކެމްޕޭންތައް ހިންގާފައެވެ. ނަމަވެސް ހަމާސްގެ އަޤްޞާ ޠޫފާނާއެކު މިހުރިހައި މަސައްކަތެއް ބޭކާރުވެ ޔަހޫދީން ބޮލާފޮށާ އެޅިގެން ދިޔައީ ކަމަށްވެސް ބުނެފައި ވެއެވެ.

ޔަހޫދީ ސްޓްރެޓެޖިކް ދިރާސާވެރިއެއް ކަމުގައިވާ މުނީރު ދާހިރުގެ ދެކޭގޮތުގައި، ޔަހޫދީންގެ އޮޅުވާލުމުގެ ކެމްޕޭންތައް ފެއިލްވުމުގެ މައިގަނޑު ސަބަބުތަކަކީ އިންސާނުންގެ ޝުއޫރަށް ނުބަލައި އެއްވެސް އިހުސާސްތަކެއް ނެތް މެކޭނިކަލް މުޢާމަލާތްތަކެއް ކޮށްފައި ވުމާއި އިދާރީ ގޮތުން ކޮންޓްރޯލު ބޮޑުވެ، ބޮޑާކަމާއި ކިބުރުވެރިކަން ބޮލަށް ވަނުމެވެ. އޭނާ ބުނަނީ ހަމާސްއިން ޣައްޒާގެ ރައްޔިތުންަނީ ޔަހޫދީންގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބަޔެއްކަމަށް ދައްކަން ކުރި މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށެވެ.

އަޤްޞާ ޠޫފާނާއެކު ޔަހޫދީން ފެތުރި އޮޅުވާލުމާއި ޕްރޮޕެގެންޑާގެ ތެރޭގައި ހަމާސް އިން ކުޑަކުދިން ދިރިތިއްބައި ފިހެލި ކަމަށް ބުނެ އޮޅުވާލާފައި ވެއެވެ. ޔަހޫދީންގެ އޮޅުވާލުންތައް ބޭޒާރުކޮށްފައި ވަނީ ޚުދު ޔަހޫދީން އަމިއްލައަށެވެ. އަދި އެ ދުވަހު ހާހުން މަރުވި ޔަހޫދީން މަރުވެފައ ވަނީ އިސްރއީލުގެ ހަމަލަތަކުން ކަމަށްވެސް އެފަރާތްތަކުން ސާބިތުކޮށްދީފައި ވެއެވެ. އެކަމާ ގުޅިގެން ޔަހޫދީ ވެރިން ޖަވާބުދާރީވާން ޖެހިދާނެތީ ފުރިހަމަ ތަހުގީގެއް ނުހިންމައި ހަމާސްގެ ބޮލުގައި ބަދުނާމު އަޅުވާފައި ވެއެވެ.

ދާހިރު ގޮވާލަނީ އިސްރާއީލުން މިހާރު ގެންގުޅޭ މެސެޖު ދިނުމުގެ އުސްލޫބު ބަދަލުކޮށް، ޕޯޑިއަމްތަކުގައި ދޮގު ހެދުމުގެ ބަދަލުގައި އިންސާނުންނާ ގުޅޭ ގޮތަށް ވާހަކަ ދައްކައި އިސްކަންދިނުމަށެވެ. އޭނާ ބުނަނީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ބިބާސް ޢާއިލާގެ ވާހަކައަކީ އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ޙަޤީޤީ ބޭނުން ދުނިޔެއަށް ދައްކައިދެވިދާނެ މިސާލެއް ކަމުގައި އޭނާ ފާހަގަކުރެއެވެ. ބީބާސް އާއިލާއަކީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ބޭނުން ކުރާ ވާހަކައެކެވެ. ނަމަވެސް ޔަހުދީން އެ ދުވަހު ބޮން އަޅަމުން ދިއުމާއެކު ކުދިންނާއެކު ރައްކާތެރިކަން ހޯދަން ވެގެން އެ އަންހެންމީހާ ކުދިންނާއެކު ހަމާސްގެ އުޅަނދުގައި ޣައްޒާއަށް ދިޔައީއެވެ. މިކަން ވަނީ ވީޑިއޯއިން ޑޮކިއުމެންޓް ކުރެވިފައެވެ. ފަހުން އެއާއިލާ މަރާލާފައި ވަނީ ޔަހޫދީން ޣައްޒާއަށް ބޮން އެޅުމުގެ ތެރޭގައެވެ.

ހަމާސްއިން ޔަހޫދީ ހަނގުރާމައިގެ އަސީރުންނާ މުއާމަލާތު ކޮށްފައިވާ ހިތްހެޔޮ ކަމުގެ ވާހަކަ ދައްކާތީ އެމީހުން މީޑިއާގައި ވާހަކަ ދެއްކުމަށްވެސް ޔަހޫދީ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ޒަޔަނސިްޓު ޔަހުދީންނަށް މުޅި ދުނިޔެއިން ނަފރަތު ކުރަމުންދާތީ އިސްރާއީލު ވަނި އެމެިރކާގެ އިންފުލެންސަރުން ގަނެގެން މީސްމީޑިއާގައި އަލުން ކެމްޕޭނެއް ފަށާފައެވެ. ފޮޓޯގައި މިވަނީ އެމެރިކާގެ އިންފުލުއެންސަރުންނާއެކު ޔަހޫދީ ކަލޭގެ ނިއުޔޯކުގައި ބައްދަލު ކުރި މަންޒަރެވެ. ދާހިރުގެ ބުނެފައިވަނީ ޔަހޫދީންނަށް ހަނގުރާމައިން މޮޅެއް ނުލިބޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!