ނޯވޭގައި ޒަޔަނސިްޓް ޖެނޮސައިޑާ ދެކޮޅަށް މުޒާހަރާއެއް

ހޮނިހިރު ދުވަހު ނޯވޭގެ ވެރިރަށް އޮސްލޯގައި އޮތް އިސްރާއީލާއި ނޯވޭ ދެމެދު ކުޅެން ހަމަޖެހިފައި އޮތް ވޯލްޑް ކަޕް ކޮލިފައިންގ މެޗުގެ ކުރިން، ސަތޭކަ އެތައް ބަޔަކު ބައިވެރިވެގެން ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާއެއް ބައްވައިފިއެވެ. މި މުޒާހަރާގައި "ފްރީ ޕެލެސްޓައިން" ގޮވަމުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑް ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖު ކުރިއެވެ.

މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ފަލަސްތީނުގެ ދިދަ ހިފައިގެން ސިޓީ މެދުން ހިނގާފައި އުއްލެވާލް ސްޓޭޑިއަމަށް ދިޔައެވެ. މުޒާހަރާގައި ދުންއަރާ ފްލެއަރުތައް ބޭނުންކުރި ނަމަވެސް، މުޒާހަރާ ކުރިއަށް ގެންދިޔައީ މަޑުމައިތިރިކަމާއެކުގައެވެ.

ނޯވީޖިއަން ކޮމިޓީ ފޯ ޕެލެސްޓައިންގެ އިސްވެރިޔާ ލައިން ހަތީބް ވިދާޅުވި ގޮތުގައި، މިއަދުގެ މެސެޖަކީ ޖެނޮސައިޑް ހިންގާ އިސްރާއީލަށާއި، އެޕާތައިޑަށާއި، ޖެނޮސައިޑަށް ރަތް ކާޑު ދެއްކުމެވެ. އަދި ހަނގުރާމައިގެ ކުށްތައް ފޮރުވުމަށް ފުޓުބޯޅަ ބޭނުންކުރާތީ އިސްރާއީލު ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ބައިވެރިވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!