ޔަހޫދީން ހިންގާފައިވާ ޖެނޮސައިޑް ހިންގި ގޮތް ބަލާލުމަށް ބައިނަލްއަގްވާމީ ނޫސްވެރިންނަށް ފުރުސަތު ދިނުމަށް އިސްރާއީލަށް ނޫސްވެރިން ގޮވާލައިފިއެވެ.
އިސްރާއީލުގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެން، ބައިނަލްއަޤްވާމީ ނޫސްވެރިން ވަނީ ޣައްޒާއަށް ބޭރުގެ މީޑިއާއަށް ވަދެވޭނެ ގޮތް ހެދުމަށް އިސްރާއީލަށް ގޮވާލާފައެވެ.
ފޮރިން ޕްރެސް އެސޯސިއޭޝަން (އެފްޕީއޭ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ޣައްޒާގެ ބޯޑަރުތައް ހުޅުވައި، ބައިނަލްއަޤްވާމީ މީޑިއާއަށް މިނިވަންކަމާއެކު ޖެނޮސައިޑް ހިންގި ގޮތް ބަލާލަން ވަދެވޭނެ ގޮތް ވަގުތުން ހަދައިދިނުމަށެވެ.
މީޑިއާއަށް އިސްލާއީލުން ޖެނޮސައިޑް ހިންގި ގޮތް ސިއްރު ކުރާތީ އިސްރާއީލު ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އިސްރާއީލުގެ ސުޕްރީމް ކޯޓުން 23 އޮކްޓޯބަރުގައި، ބަލާނެއެވެ. ޔަހޫދީން ޖެނޮސައިޑް ހިންގާ ގޮތް ބަލާލަން ބައިނަލްއަގްވާމީ މީޑިއާއިން ބަލަން ބޭނުން ވެގެން އެދުމުން އެކަމަށް ދެކޮޅު ހެދުމުން އިސްރާއީލުގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސްވީއެވެ.






