ހަމާސްގެ އިސްލީޑަރު އުސާމާ ހަމްދާން ވިދާޅުވަނީ، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެހީ ފޯރުކޮށްދިނުމަށް 5 މަގެއް ހުޅުވޭނެ ކަމަށެވެ. އަދި ޣައްޒާއާއި މިސްރު ދެމެދުގައިވާ ރަފާހު ބޯޑަރު އަންގާރަ ދުވަހު ދެފަރާތަށް މީހުންނަށް ދަތުރުކުރުމަށް ހުޅުވޭނެކަމަށެވެ.
އިޓަލީން ބުނެފައި ވަނީ ރަފަޙު ޑަރު އަންގާރަ ދުވަހު ހުޅުވޭނީ ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރ އެސިސްޓެންސް މިޝަންގެ ބެލުމުގެ ދަށުން ނެވެ. އެ މިޝަންގައި އިޓަލީ، ސްޕެއިން އަދި ފްރާންސްގެ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
މިސްރުގެ ޝަރަމުއްޝައިޚްގައި ސުލްހައިގެ މަހާސިންތާ ގެ ނަމުގައި ބައިނަލްއަޤްވާމީ ބައްދަލުވުމެއް ހޯމަ ދުވަހު އޮންނާނެ އެވެ. މި ބައްދަލުވުމުގައި 20 އަށްވުރެ ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.






