ޔަހުދީން ޑރ. ހުސާމް އަބޫ ސަފިއްޔާ ދެކެ ބިރު ގަންނަނީ ކީއްވެ؟

ފަލަސްޠީނުގެ ބައެއް ޝަޚުސިއްޔަތަކީ ޔަހޫދީން އެ ބަޔަކު ދެކެ ބިރު ގަންނަބައެކެވެ. އެމީހުންނަކީ ޔަހޫދީންގެ ދައުލަތް ދެމި އޮތުމާއި އުވި ދިއުމާ ގުޅިފައިވާ ބަޔެއް ކަމަށް ދެކެއެވެ. އޭގެތެރެއިން އެއް ޝަޚުސިއްޔަތަކީ ހުސާމް އަބޫ ސަފިއްޔާއެވެ. އިޒްރޭލުން ޑރ. ހުސާމް އަބޫ ސަފިއްޔާ ދެކެނީ ފަތަޙަ ލީޑަރު މަރުވާން ބަރުޣޫތީ އަދި އަހުމަދު ސާދާތު ފަދަ ނުރައްކާތެރި އަބްޠާލުންގެ ގޮތުގައެވެ. ޑރ، ޙުސާމް އަބޫ ސަފިއްޔާ ވަގަށް ނަގާފައި ބަހައްޓާފައި ވަނީ ޔަހޫދީންގެ އެންމެ އަނިޔާވެރި ޖަލުގައެވެ. މިއަދާހަމައަށް ޔަހޫދީންގެ އެއްވެސް ހުށަހެޅުމަކަށް ޙުސާމް އަބޫ ސިފިއްޔާ ދީލާފާއެއް ނުވެއެވެ. އަދި އަފޫއާންމެއް ވެސް ބޭނުމެއް ނުވާ ކަމަށާއި މިނިވަންކަމަށްޓަކައި ޔަހޫދީން ދޭ ކޮންމެ އެއްޗެއްގައި ސޮއިކުރަން ބޭނުން ނުވާކަންވެސް ވާނީ އަންގާފައެވެ. އެހެންވެ އެއްވެސް އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލުމަށް އިޒްރޭލުން ޖެހިލުން ވެއެވެ.

ޑރ، ހުސާމް އަބޫ ސަފިއްޔާގެ ކުށަކީ ފަލަސްޠިނުގެ ކުދަ ކުދިން ސަލާމަތް ކުރުމެވެ. ޖެނޮސައިޑްގައި ޔަހޫދީން މަސައްކަތް ކުރީ ފަލަސްޠީނުގެ ކުޑަ ކުދިން ޝަހީދުކޮށްލައި ޖީލެއް ފަނާ ކޮށްލާށެވެ. ޔަހޫދީން ބުނެފައި ވަނީ ދެވަނަ ސިންވާރެއް އުފަންވާން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް ޑރ. ހުސާމް އަަބޫ ސަފިއްޔާ ބިރަކާ ނުލައި އޭނާގެ ވާޖިބުގައި ވަޑައިގަތެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި، ޑރ. ހުސާމް އަބޫ ސަފިއްޔާއަކީ އޭނާގެ ހިތްވަރާއި، ޢިއްޒަތުއް ނަފްސާއި ޤުރުބާނީއާއި، ހިތްވަރު ގަދަ ކަމުގައި ޣައްޒާއާ ވަރަށް އެއްގޮތް މީހެކެވެ. އޭނާގެ ހުދު ހެދުމުގައި ލޭ އުނގުޅިފައި ހުއްޓަސް އަދި އޭނާގެ ދަރިއަކު އަމިއްލަ އަތުން ވަޅުލަން ޖެހުނު ކަމުގައި ވިއަސް އޭނާގެ އިންސާނިއްޔަތުކަމާއި ކެރުންތެރިކަން ދެމިއޮތެވެ.

އިޒްރޭލުން އޭނާ ދޫކޮށްލުމަށް ދެކޮޅުހަދަނީ އޭނާ މިނިވަން ވުމަކީ ޔަހޫދީންގެ ޒަޔަނިސްޓު ޖެނޮސައިޑު ހިންގާ ދައުލަތް ވުޖޫން ފޮހެލުން ކައިރިވާނެތީއެވެ.

ހިއްސާ ކުރައްވާ!