އިސްރާއީލު ވަގަށް ނަގާފައިޥާ ފަލަސްޠީނުގެ 11 ހާސް މީހުންގެ ތެރޭން ދޫކޮށްލާ މީހުންނަށް އަނިޔާ ކުރަމުންދާ ކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ. އިޒްރޭލުން އަނިޔާ ކުރަމުން ދަނީ ނެގެވް ސަރަހައްދުގައި ހުންނަ ގަނޯޓް ޖަލުގައެވެ. އަދި އެތަނުން ނަގާފައިވާ މަންޒަރުތަކުގައި ފެންނަނީ ފަލަސްޠީނުގެ ރަހީނުންނަށް ނިކަމެތިކަމާއެކު އަނިޔާވެރި ގޮތަކަށް މުއާމަލާތްކުރާ މަންޒަރެވެ.
މި މަންޒަރުތަކުގައި ފެންނަނީ ފަލަސްތީނު ރަހީނުން އަތާއި ކަނދުރާ އެއްކޮށް ބިޑިއަޅުވައި ޗޭނު ޖަހައި ކަނު ބަނދެފައި ހުންނަ ތަނެވެ. އަދި އެމީހުން ގަދަ އަވީގައި އެއް ސަފަކަށް ބައިތިއްބައިގެން ހިންގާ މަންޒަރެވެ.
ޖެނޮސައިޑް ހިންގާ ޔަހޫދީންނަކީ ރަހުމު ކުޑަ ގޮތްގޮތަށް އަނިޔާ ކުރުމަށް މަޝްހޫރު ބައެކެވެ.
އިސްރާއީލުގެ ޖަލު އޮފިޝަލުން ޣައްޒާއާއި ހުޅަނގު އައްސޭރިން ވަގަށް ނަގާ ފަލަސްޠީނު މީހުން ބަންދުކޮށްގެން އަނިޔާކޮށް ގުނަވަންތައް ވަގަށް ނަގާ ކަމުގެ ވާހަކަތަކަކީ އާންމުކޮށް ދައްކާ ވާހަތަކެވެ. ޔަހޫދީން ފަލަސްޠީނުގެ ރަހީނުންނަށް އަނިޔާކުރުމާއި، ރޭޕްކުރުމާއި އެމީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާކަމުގެ މައްސަލަތައް ޔަހޫދީންގެ ކޯޓު ނިޒާމާ ހަމައަށް ގޮސްފައި ވެއެވެ. އަގްސާ ޠޫފާނަށްފަހު އަނިޔާކޮށްގެން ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ 78 ރަހީނުން ޝަހީދު ވެފައި ވެއެވެ.






