ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާގައި ޕާކިސްތާނުގެ 23 ސިފައިން މަރުވެފައިވާ ކަމަށާއި 200 އަށްވުރެ ގިނަ ތަހުރީކޭ ތާލިބާންގެ ޓެރަރިސްޓުން މަރާފައިވާ ކަމަށް ޕާކސިްތާނުން ބުނެފިއެވެ. ދެގައުމުގެ ދެމެދު ހަމަލަތާތައް ބަދަލު ކުރަން ފެށުނީ އޮކްޓޯބަރު 11 ވަނަ ދުވަހުގެ ރޭ، ތަހުރީކޭ ތާލިބާނުން ޕާކިސްތާނުގެ ސަރަހައްދުތަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.
ތަހުރީކްގެ ހަމަލާތަކުގައި ޕާކިސްތާނު 29 ސިފައިންނަށް އަނިޔާވެފައިވާއިރު، ޕާކިސްތާނުގެ ސިފައިން ވަނީ ދެކުނު ވަޒީރިސްތާނުގައި ހުރި އަފްޣާން ޗެކް ޕޯސްޓެއްގައި ޕާކިސްތާނުގެ ދިދަ ނަގައި، ސްޕިން ބޯލްޑަކް އަދި ނޮޝްކީ ސެކްޓަރުގައި ހުރި ތަހުރީކޭ ތާލިބާންގެ ކޭމްޕުތައް ހަލާކުކޮށްލާފައެވެ. އަދި ޓޯކަމްއާއި ޗަމަން އަދި އެހެނިހެން ބޯޑަރު ކްރޮސިންގތައް ޕާކިސްތާނުން ވަނީ ބަންދު ކޮށްފައެވެ.
ޕާކިސްތާނުގެ ބަޔާނުގައި ބުނެފައިވަނީ ކާބުލްއަށް ދިފާއީ ހައްގު ލިބިގެންވާ ކަމަށާއި އާންމު ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަށް ރައްދު ދީފައި ވާނެ ކަމަށެވެ. އަދި ތާލިބާން ސަރުކާރުން ޓެރަރިޒަމަށް މަގުފަހިކުރާ ކަމަށް ތުހުމަތުކޮށް، ޕާކިސްތާނުން ވަނީ އިތުރަށް މަސްރަހު ހޫނު ކުރަނީނަމަ، ހަރުކަށި ކޮށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާ، އީރާން އަދި ގަތަރުން ވަނީ ދެ ގައުމުގެ ހަމަޖެހުމަށް ގޮވާލާފައެވެ.






