ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ 2 ހާސް މީހުން މިއަދު ދޫކޮށްލާނެ ކަމަށް ޖެނޮސައިޑް ހިންގާ ސަރުކާރުން ބުނެއެވެ.
ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން ދޫކޮށްލާނީ ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުން އިޒްރޭލަށް ވަނުމުން ކަމަށް ޖެނޮސައިޑް ސަރުކާރުން ބުނެއެވެ. ރެޑްކްރޮސް މެދުވެރިވެގެން ޔަހޫދީ ހަނގުރާމައިގެ އަސީރުން އިޒްރޭލަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މާލޭ ގަޑިން 10 ޖަހާއިރު އެވެ.
ވަގަށް ނަގާފައިޥާ ފަލަސްޠިނުގެ ރަހީނުން ދޫކޮށްލާނެ ތަފްސީލީ ޕްލޭނެއް ޔަހޫދީންގެ ފަރާތުން ދީފައެއް ނުވެއެވެ.
ޔަހޫދީންގެ ޖަލުތަކުގައި ވަގަށް ނަގާފައިވާ ފަލަސްޠީނުގެ 11 ހާސް އެއްސަތޭކަ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން އެބަތިއްބެވެ.







