އަލްޙަމްދު ލިއްލާހި! ޔަހޫދީން ވަގަށް ނެގި ފަލަސްޠީނުގެ ރަހީނުން ބަހުގައި ޣައްޒާއަށް ދަތުރު ކުރަނީ

އަސީރުން ބަދަލުކުރުމުގެ ތެރެއިން މިއަދު ހޯމަ ދުވަހު ދޫކޮށްލުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ 1،966 ގައިދީން ވެސް އިސްރާއީލުގެ ޖަލުތަކުން ބަހަށް އަރައިފި.

މިމީހުން ގެނަސް ބާލާނީ ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސް ކައިރިއަށް.

ޣައްޒާގެ 1،716 ފަލަސްތީނުން މިއަދު ދޫކޮށްލާނެ

ޖެނޮސައިޑް ބާރުގެ ޖަލުތަކުގައި ތިބި އުމުރަށް ޖަލަށްލާފައިވާ 250 ފަލަސްތީނު މީހުން ގެން ގޮސްގޮސް ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގުދުސް އަށް އަދފި އެއްބަޔަކު ބޭރަށް އަރުވާލާނެ ކަމަށް ބެލެވޭ.

ޔަހުދީ ޖަލުތަކުގައި 11،100 އަށް ވުރެ ގިނަ ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުން ތިބީ އަނިޔާއާއި ބަނޑުހައިހޫނުކަމާއި ބޭސްފަރުވާގެ އިހުމާލު އިހުމާލުގެ ތަހައްމަލު ކުރުމުގައި.

އެތައް ބަޔަކު މަރުވެފައިވާ ކަމަށް ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކާއި މީޑިއާ ރިޕޯޓްތައް ބުނޭ.

ހިއްސާ ކުރައްވާ!