ޕާކިސްތާންގެ ދިފާއީ ވަޒީރަށާއި ސިފައިންގެ އިސްވެރިންނަށް ވިސާދޭން އަފްޣާނިސްތާނުން ދެކޮޅު ހަދައިފި

އަފްޣާނިސްތާނުން ވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފާއި އައިއެސްއައިގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އާސިމް މާލިކާއި ދެ ސީނިއާ ޖެނެރަލުން އަފްޣާނިސްތާނަށް ވަޑައިގަތުމަށް ވިސާ ހޯދަން އެދުމުން އެކަމަށް އިންކާރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުން ވަނީ 3 ދުވަސް ތެރޭގައި 3 ފަހަރަށް ވިސާއަށް އެދި ހުށަހަޅާފައެވެ. އަދި 3 ދުވަހުވެސް އަފްޣާނސްތާނުން ވަނީ ވިސާ ދޭން އިންކާރުކޮށްފައެވެ.

ޕާކިސްތާނުން ބޭނުން ވަނީ ބޯޑަރުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގައި ދެފަރާތުން ވެސް އެތައް ބަޔަކު މަރުވުމުން ސުލްހައިގެ މަޝްވަރާތައް ކާބުލްއާއެކު ބާއްވާށެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގައި ސިފައިންގެ 23 މީހުން މަރުވެފައިވާއިރު، އިތުރު 58 މީހަކު ވެސް މަރުވެފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!