އަހަރެމެން ތިބީ ޖަލެއްގައެއް ނޫން. އެއީ ޖަނަވާރުން ކަތިލަން ގެންދަންވެސް ހެޔޮވާ ވަރުގެ ތަނެއް ނޫން: ރަހީނުން

ޔަހުދީން ވަގަށް ނަގައިގެން ގެންގުޅުނު ފަލަސްތީނުގެ ރަހީނުން ވަނީ އެމީހުންނަށް ޔަހޫދީ ޒަޔަނސްޓުން ދެމުން ދިޔަ އަނިޔާތަކުގެ ވާހަކަތައް ކލިޔައިދޭން ފަށާފައެވެ.

ފަލަސްޠީނުގެ ރަހީނުން ދޫކޮށްލުމުގެ ކުރިން ޔަހޫދީ ޒަޔަނިސްޓު ފޯސްއިން ވަނީ ހުޅަނގު އައްސޭރިއަށް ހެލިކޮޕްޓަރުގައި ލިޔުންތަކެއް އަޅާފައެވެ. އެ ލިޔުންތަކުގައި ބުނެފައި ވަނީ ރަހީނުން ދޫކޮށްލުމުން އުފާ ފާޅު ކުރުމަކީ މަނާކަމެއް ކަމަށާއި އެކަން ކޮށްފިނަމަ ހައްޔަރު ކޮށް ދައުވާ ކުރާނެ ކަމަށެވެ.

ޔަހުދީން ވަގަށް ނަގައިގެން އަނިޔާ ކުރަން ގެންގުޅުނު ރަހީނުންގެ ތެރޭން އެކަކަކީ އަބްދުالله އަބޫ ރާފީ އެވެ. އޭނާ ބުނަނީ އޭނާގެ މިނިވަންކަމުން އޭނާއާއި އާއިލާއަށް ބޮޑު އުފާވެރިކަމެއް އިހުސާސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ތިބީ ޖަލެއްގައެއް ނޫން. އެއީ ޖަނަވާލުން ކަތިލަންވެސް އެކަށީގެން ނުވާވަރުގެ ތަނެއް. އެއީ އޮފަރު ޖަލު ނަކަމަށް ކިޔާ ޖަނަވާރު ކަތިލާ ތަނެއްފަދަ ތަނެއް. އެތާނގައި އަދިވެސް އެތަކެއް ޒުވާނުންނެއް އެބަތިބި. އިސްރާއީލުގެ ޖަލުތަކުގެ ހާލަތަކީ އިންސާނީ ކަރާމާތަށް ބެލުމެއް ނެތް އަނިޔާވެރި ވަރަށް އުނދަގޫ ޖަލުތަކެއް. ނިދަނީ ބިންމަތީގައި ކުނަލެއްވެސް ނެތި. ކާން ނުދީ އަބަދު ބަނޑަށް ބައިތިއްބަނީ. އެތާނގައި  ކަންކަން އުނދަގޫ،" އޭނާ ކިޔައި ދެއެވެ.

ޔާސީން އަބޫ އަމްރާ ވެސް ވަނީ އިސްރާއީލުގެ ޖަލުތަކުގެ ހާލަތުގެ ގޯސްކަމާއި އަނިޔާވެރިކަމުގެ ވާހަކަ ކިޔައި ދީފައެވެ.

"ކާކަށް ނުދޭ. ކާން ދޭއެތިކޮޅު އެހައި ނުބައި. އަބަދުވެސް އަނިޔާ ކުރޭ. ކިރިޔާ ކަމެއް ވާއިރަށް ޔަހޫދީ ޖައްލާދުން އައިސް ތަޅައި ގަންނާނެ. ބޯފެންވެސް އޮންނަނީ ކޮންޓްރޯލު ކޮށްފައި. މިހާރުވެސް ކާން ނުލިބޭތާ 4 ދުވަސްކޮށްފަ ދޫކޮށްލީ. ހަމައެކަނި ލިބުނީ ދެ ބިސްކޯދު،" އޭނާ ވެސް ޔަހޫދީންގެ އަނިޔާއާ ބެހޭ ގޮތުން ލިޔައި ދިނެވެ.

ޔަހުދީންގެ ރަހީނެއްކަމަށްވާ ސައީދު ޝުބައިރު ބުނީ އޭނާއަށް މިނިވަންކަން ލިބުމުން ހަމާސަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އޭނާގެ އިހުސާސްތައް ބަޔާންކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށެވެ.

"ބުނާނެ އެއްޗެއްވެސް ނޭނގޭ. އިރުގެ އަލިކަން ފެނުމަކީ ބަޔާންކުރަން ދަތި އުފާވެރި އިޙްސާސެއް. އަހަރެން ކަސްތަޅުތަކުން މިނިވަންވެއްޖެ. މިނިވަންކަމަކީ އަގު ނުކުރެވޭ އެއްޗެއް.." އޭނާ ބުންޏެވެ.

ޖެނޮސައިޑް ހިންގުމުގައި ކުޅަދާނަ ޒަޔަނިސްޓުން ވަނީ ހަމާސްއިން ފިއްތުމުން 1900އަށް ވުރެން ގިނަ ރަހީނުން މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި އެތައް އުމުރު ދުވަހެއްގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ފަލަސްޠީނުގެ 250 އެއްހާ ރަހީނުންނާއި ޣައްޒާގެ ޖެނޮސައިޑް ފެށުމާއެކު ވަގަށް ނެގި އެތައް ބަޔަކު ހިމެނެއެވެ. ޖެނޮސައިޑާއެކު ޣައްޒާއިން ވަގަށް ނެގި މީހުންނަކީ އދން ސިފަ ކުރި ގޮތުގައި ޔަހޫދީން ނިޒާމުން ގެއްލުވާލި ބަޔެކެވެ.

ނޯޓު: ފަލަސްޠީނު މީހުންނަކީ ޔަހޫދީން ވަގަށް ނެގި "ރަހީނުން"ނެވެ. ޔަހުދީންނަކީ ހަމާސްއަށް ލިބުނު "ހަނގުރާމައިގެ އަސީރުން"ނެވެ. އެމީހުންނަކީ ސިފައިންގެ ޚިދުމަތުގައި އުޅޭ ތަމްރީން ހަދާފައިވާ މީހުންނެވެ.

ހިއްސާ ކުރައްވާ!