އދ.ގެ އިމަޖެންސީ ފަންޑުން ޣައްޒާއަށް 20 މިލިއަން ޑޮލަރު

އދ.ގެ އިމަޖެންސީ ފަންޑުން ޣައްޒާއަށް 20 މިލިއަން ޑޮލަރު ދޫކުރުމަށް އދން ނިންމައިފިއެވެ. މިއީ ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތްތަކާއި މުހިންމު ވަސީލަތްތައް ހިންގުމަށް ކަނޑައަޅާ 20 މިލިއަން ޑޮލަރެވެ. މީގެ ތެރޭނަ 11 މިލިއަން ޑޮލަރު ދޫކުރާނީ ކުރިއަށް މިއޮތް ފިނި މޫސުމަށް ތައްޔާރު ވުމަށް އާއިލާތަކަށް އެހީތެރި ވުމަށެވެ.

ޔަހުދީ ޖެނޮސައިޑްގައި ޣައްޒާގެ 90 ޕަސެންޓަށް ވުރެން ގިނަ ގެތައް ހަލާކުކޮށް އާއިލާތައް ބިކަކޮށް މަގުމަތިކޮށްފައި ވެއެވެ. ނާޒީންގެ ހޮލޮކޯސްޓްގައި ޔަހޫދީންނަށް ބޯހިޔާވަހިކަން ދިނެވެ، ޒަޔަނިސްޓު ޔަހޫދީން އެވަރުވެސް ކޮށެއް ނުދިނެވެ!

ހިއްސާ ކުރައްވާ!