ޔަހުދީން މިނިވަން ކުރި ސިއްޙީ ދާއިރާގެ އަސީރުން ދޫކޮށްލީ އަނިޔާކޮށްފައި

ސިއްޙީ ޚިދުމަތުގައި އުޅެނިކޮށް ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަގަށް ނެގި ފަލަސްޠީނުގެ ސިއްޙީ ޚިދުމަތްތެރިންގެ ބައެއް މީހުން ދޫކޮށްލައިފިއެވެ.

ޔަހޫދީން ވަގަށް ނަގާ ޞިއްޙި ޚިދުމަތްތެރިންގެ ހައްގުގައި ވަކާލު ކުރާ ޖަމިއްޔާ ހެލްތްކެއާ ވޯކަރސް ވޮޗް އިން ބުނާ ގޮތުގައި ޖެނޮސައިޑް ފޯސްގެ ޖަލުތަކުން މިނިވަންވި ފަލަސްތީނުގެ މީހުންގެ ލިސްޓުގައި ސިއްހީ ހިދުމަތްތެރިންގެ 55 މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 24 ނަރުހުންނާއި ހަތް ޑޮކްޓަރުންނާއި ދެ ޕެރަމެޑިކްސް ވެސް ހިމެނުނު ކަމަށެވެ.

އެއިން ބައެއް މީހުންނަކީ "އެމީހުން މަސައްކަތް ކުރަމުން ދިޔަ ހޮސްޕިޓަލްތަކުން ޖެނޮސައިޑް ފޯސްއިން ވަގަށް ނެގި ބަޔެއް" ކަމަށް ހެލްތްކެއާ ވޯކަރސް ވޮޗުން ބުނެ އެވެ.

އަދި މިމީހުންގެ ތެރޭން ގިނަ މީހުން ބަހުން ބާލަން ޖެހުނީ އަތުލަފިކޮށްގެންނެވެ. ގަދަވެ ސަލާމަތުން ތިއްބައި ހައްޔަރު ކުރި މީހުން އައިސްފައި ވަނީ ނުކުޅެދޭ ހާލުގައެވެ. އެއާ ޚިލާފަށް ހަމާސްގެ މަހުމާން ދާރީގައި ގެންގުޅެފައި ދޫކޮށްލި ޔަހޫދީ ހަނގުރާމައިގެ އަސީރުން ތިބީ ގަދަވެ ހެޔޮ ހާލުގައި ހެވި ދިލިފައެވެ.

ހިއްސާ ކުރައްވާ!