ޖެނޮސައިޑްއ ނިންމި މަހާސިންތާއަށް ފަހުވެސް އެހީގެ ލޮރިތައް ވެއްދިޔަ ނުދީ ހިފަހައްޓައިފި

ޖެނޮސައިޑް ނިންމިކަމަށް އެއްބަސްވެ އެމެރިކާއާއި އަރަބިން ހެޕީކޮށް ސޮއި ކުރުމަށް ފަހުވެސް ޔަހޫދީ ޖެނޮސައިޑް ފޯސް އިން ވަނީ ޣައްޒާއަށް އެހީގެ ގާފިލާތައް ވަނުމަށް ހުރަސް އަޅާފައެވެ.

މިއަދުގެ ހެނދުނު 8 ން ފެށިގެން އެހީ ހިފައިގެން ޔަހޫދީން ބަނޑަށް ޖެއްސި ޣައްޒާއަށް ވަންނަން ދިމާކުރި ލޮރިތަކަށް ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ ހުރަސް އަޅާފައެވެ.

މިއަދު ހުޅުވަން އެއްބަސްވެފައިވާ ކިސޫފިމް މަގު ހުރަސްކޮށް އަދި އެންމެ ލޮރިއަކަށް ވަނުމަށްވެސް ޔަހޫދީން ހުއްދަ ދީފައެއް ނުވެއެވެ.

މި ލޮރިތައް ވަނުމަށް އިންތިޒާރު ކުރަމުންދާތާ މިހާރު ދެ ގަޑިއިރު ވެއްޖެއެވެ.

ޔަހޫދީންނާއި ހަމާސާ ދެމެދު އެއްބަސްވެފައި ވަނީ ދެކުނުން ފަސް ދިމާއަކުން ބޯޑަރު ހުޅުވައި އެހީގެ ގާފިލާތައް ވައްދާށެވެ. އަދި އުތުރުން މަދުވެގެން ދެ ދިއާއަކުން ސަރަހައްދު ހުޅުވައި އެހީގެ ގާފިލާތައް ވައްދާށެވެ.

މިއަދު ވައްދާ އެހީގެ ގާފިލާތަކުގައި އިންސާނީ އެހީގެ ބާވަތްތަކާއި ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމުގެ ސާމާނާއި ބޭހާއި ތެޔޮ ހިމެނެއެވެ. ގާތްގަނޑަކަށް 600 ލޮރީގައި މި ތަކެތި މިއަދު ވައްދާނެއެވެ.

ޑްރައިވަރުން ބުނަނީ ޔަހޫދީން ކްލިއަރެންސް ނުދީގެން އިއްޔެވެސް ބައެއް ލޮރިތައް އަނބުރައި ދިޔަ ކަމަށެވެ.

ޔަހޫދީންނަކީ ބަހުގެ އިތުބާރު ހިފޭ ބައެއް ނޫނެވެ. ކޮންމެ އެއްބަސްވުމެއްވެސް އެހެން އެއްބަސްވުމަކުން ބަދަލުކޮށްލައެވެ. އަދި މާނަ ކުރުމުގައި އަބަދުވެސް އެވެރިންނަށް އޮޅުން އަރައެވެ.

ހިއްސާ ކުރައްވާ!