ޖެނޮސައިޑްގައި ޔަހޫދީން ޝަހީދުކޮށްލި މަރްޔަމް އަބޫ ދައްޤާ

ޖެނޮސައިޑް ހަނގުރާމައިގައި މިދިޔަ އޮގަސްޓް މަހު އިސްރާއީލުން ޣައްޒާގައި ޝަހީދު ކޮށްލި ފަލަސްޠީނުގެ ނޫސްވެރިޔާ މަރްޔަމް އަބޫ ދައްޤާ، ޖެނޮސައިޑުގެ އަނިޔާވެރިކަން ދުނިޔެއާ ހަމައަށް ގެނަސްދިނުމަށް ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އޭނާގެ ގުރުބާނީތަކަށް އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އިން "ވޯލްޑް ޕްރެސް ފްރީޑަމް ހީރޯ" ގެ އެވޯޑް ދީފި އެވެ. އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އާއި އިންޓަނޭޝަނަލް މީޑިއާ ސަޕޯޓް (އައިއެމްއެސް) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަރްޔަމް ޝަހީދުކޮށްލި ޖަރީމާގައި ބައިވެރިވި ޔަހޫދީން ޖަވާބުދާރީ ކުރުވުމަށް ފިޔަވަޅު އަޅާފައި ނުވާތީ އެކަން ކުށްވެރިކޮށްފަ އެވެ.

ހިއްސާ ކުރައްވާ!