އިސްރާއީލުގެ ޖެނޮސައިޑް ފޯސްއިން ވެސްޓް ބޭންކްގެ އެކި ސަރަހައްދުތަކަށް ވަދެ، މީހުން ބުލީކޮށް ޔަހުދީންގެ ޖަލުތަކުން މިނިވަން ކޮށްފައިވާ ވަގަށް ނަގައިެގްނ ގެންގުޅު ފަލަސްޠީނުގެ ރަހީނުންގެ ގެތަކަށް ވަދެ ނިޒާމީ ސިފައެއްގައި ގަނާ ކުރަން ފަށާފައި ވެއެވެ. ޖެނޮސައިޑް ފޯސްއިން ހުޅަނގު އައްސޭރީގައި ހަމަލަތައް ދެނީ މީހުން ރުޅިއަރުވާލައި ޣައްޒާގައި ނަސްލު ސާފު ކުރަން ފެށިގޮތަށް އެފަދަ ކަމެއް ފެށުމަށް މަގެފޭތޯއެވެ.
ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ ރާމަﷲ ސިޓީގެ މެދުތެރޭގައި ހުންނަ ފަލަސްޓީނުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ އެތާނގެ ހުރުމަތްވެސް ކަނޑާފައެވެ. އަދި ރާމަﷲގެ ޤަދޫރާ ކޭމްޕް، އަދި އަލްއަމްއަރީ ކޭމްޕަށް ވެސް ވަދެފައި މީހުންނަށް ގޯނާކޮށް ހަދާފައި ވެއެވެ. މީގެ އިތުރުން ބައިތުނިޔާ، އާރޫރާ އަދި ދަހީޝާ ކޭމްޕަށްވެސް ހަމަލާދީފައިވެއެވެ.
ޔަހޫދީ ޒަޔަނިސްޓު ޖެނޮސައިޑް ފޯސްއަކީ އިންސާނިއްޔަތަށ ްކުރިމަތިވެފައިވާ ވަބާއެކެވެ. ހަމާސްއިން ޒަޔަނިސްޓު ޖެނޮސައިޑް ފޯސްއަށް ފިއްތުމުން ވެވުނު އެއްބަސްވުމުގެ ދަށުން މިހާތަނަށް 1900 ފަލަސްތީނުގެ ރަހީނުން މަޖުބޫރުން މިނިވަން ކޮށްފައި ވެއެވެ.
މީގެ ތެރޭގައި އެތައް އުމުރަކަށް ޖަލަށްލާފައިވާ 250 މީހުންނާއި، ޣައްޒާގެ ޖެނޮސައިޑް ޔަހޫދީ ހަނގުރާމައިގައި ވަގަށް ނެގި 1,718 މީހުން ވެސް ހިމެނެއެވެ.





