ޔަހޫދީ ޖެނޮސައިޑް ފޯސްއިން ހުޅަނު އައްސޭރީގެ އަވަށަކުން ނަސްލު ފޮހެލައިފި

ޔަހުދީ ޖެނޮސައިޑް ފޯސް އިން ވަނީ ހުޅަނގު އައްްސޭރީގައި ކުޑަ އާބާދީއެއް އޮންނ ޚައްލަތު އައްދައްބާ އަވަށަށް ހަމަލަދީ އެވަށުން ފަލަސްޠިނުގެ ނަސްލު ސާފުކޮށްލައި މީހުން ވަޒަނުން ބޭރުކޮށްލާފައެވެ. މިދިޔަ ހޯމަ ދުވަހު ހެނދުނު ޔަހޫދީން ވަނީ ގެތަނަށް ވަދެގަނެ މީހުންނާއި އެމީހުންގެ ސާމާނުތައް ބޭރުކުރުމަށް މަޖުބޫރުކޮށް އެމީހުންގެ ޖަނަވާރުތައްވެސް ހުސްބިމަކަށް ގެންގޮސް ދޫކޮށްލާފައެވެ. މިއީ ޔަހޫދީ ޒަޔަނސިްޓު ޖެނޮސައިޑް ފޯސްއިން މިއަަހަރު މިހިސާބުން ނަސްލު ސާފުކޮށްލި މިފަދަ 4 ވަނަ އާބާދީއެވެ. ޖެނޮސައިޑު ފޯސްއިން އަމިއްލައަށް މިފަދަ ކަންކަން ކުރާއިރު ބައެއް ފަހަރު ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ލަޓޯފަޓޯ ޔަހޫދީ ސެތްލަރުން ލައްވައިވެސް ފަލަސްޠީނުގެ ގެތކުގައި ހުޅުޖަހައި ދަނޑު ބިން ހަލާކުކޮށްވެސް ހަދައެވެ.

ޚައްލަތު އައްދައްބާ އަވަށުގެ މީހުން މިހާރު އެމީހުންގެ ޖަނަވާރާއި ސާމާންކޮޅާއެކު ގޮސް ދިރިއުޅެެނީ އެހިސާބުގެ ހޮހަޅަތަކެއްގައެވެ.

ޖެނޮސައިޑް ފޯސްއިން ވަނީ ރަށުގެ ފެން، ކަރަންޓު، އިރުގެ ހަކަތަ، ބޯފެން ވަޅުތައް، ނަރުދަމާ އަދި މަގުބައްތިތައްވެސް ހަލާކުކޮށްލާފައެވެ.

މި އަވަށަކީ ޔަހޫދީން އާދަވެގެން ހަމަލާތައް ދިއުޅޭ މަސާފަރް ޔާޠާގައި ހިމެނޭ އަވަށެކެވެ. މަސާފަރު ޔާޠާގައި ހިމެނޭ ފަލަސްޠީނުގެ 12 އަވަށުގައި ދިރިއުޅޭ 4،500 އެއްހާ މީހުންގެ މައިގަނޑު އާމްދަނީ އަކީ ކަންބަޅީގެ ވިޔަފާރިއާއި ގޮވާން ކުރުމެވެ.

ޖެނޮސައިޑް ފޯސްއިން ވަނީ މިއީ ސިފައިން ތަމްރީނުގައި ބޭނުން ކުރާ ސަރަހައްދެއްގެ ގޮތުގައި 1980 ގައި ކަނޑައަޅާފައެވެ. އޭގެފަހުން ފަލަސްތީނު މީހުން އެތަނުން ނެރެ ނަސްލު ސާފުކޮށްލުމަށް ހީންތާތައް ރާވައި މަސައްކަތްކުރަމުން އަންނަނީއެވެ.

65 އަހަރުގެ ސަމީހާ މުހައްމަދު އައްދަބާބްސާ ފަދަ ރައްޔިތުން ބުނާގޮތުގައި، ޖެނޮސައިޑް ފޯސްއިން އެމީހުންނަށް އެއްވެސް އެއްޗެއް ނަގަން ފުރުސަތެއް ނުދެއެވެ. އަދި ގަދަކަމުން ގެތަކުން ނެރެލީ، "މިއީ ކަލޭމެންގެ ބިމެއް ނޫން، ލަކޭމެންނަކަށް މިތާ ގެއެއް ނުވަތަ ހިޔާވައްސެއް ނުހުންނާނެ" ކަމަށް ބުނެ އެވެ.

ހިއްސާ ކުރައްވާ!