ހަމާސްއިން ޔަހޫދީންނަށް ޕާރުސަލް ކުރި ޔަހޫދީއެއްގެ ގަބުރު ބަލައި ގަތުމަށް ދެކޮޅު ހަދައިފިއެވެ. އަދި އިސްރާއީލުގެ ފޮރެންސިކް އިންސްޓިޓިއުޓުން ބުނެފައިވަނީ ހަމާސްއިން ހަވާލުކުރި ހަތަރުވަނަ ގަބުރަކީ އިސްރާއީލު އެއްވެސް ހަނގުރާމައިގެ އަސީރެއްްގެ ގަބުރާ ދިމާވާ ގަބުރެއް ނޫން ކަމަށެވެ. ނަމަވެސް ހަމާސްއިން ވަނީ މިކަން ދޮގުކޮށްފައެވެ. ހަމާސްއިން ބުނެފައި ވަނީ މި ގަބުރު ބަލައި ގަތުމަށް ޔަހޫދީން ދެކޅު ހެދުމުން ދައްކައި ދެނީ އެމީހުން އަމއިްލަ ސިފައިންގެ ހިސާބު ކިޔާބުވެސް ނު ބަލަހައްޓަނީ ކަމަށެވެ.
ހަމާސްއިން ބުނީ ފޮނުވާފައިވާ ޕާރުސަލަކީ އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު ހަމާސްއިން ހިންގި އޮޕަރޭޝަނެއްގައި އަސިރު ކުރެވުނު އިސްރާއީލީ ޖެނޮސަައިޑް ފޯސްގެ މީހެއްގެ ގަބުރެއް ކަމަށެވެ.
އަދި ހަމާސްގެ ކާމިޔާބު ހަމަލާގައި މިމީހާ ނައްތާލުމަށްފަހު އޭނާ ނަގައިގެން ބިންގަރާހަށް ގެންގޮސް ރައްކާކޮށްފައި ބޭއްވީ ކަމަށެވެ. އަދި ހަމާސްގެ ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑުން މި ކާމިޔާބު އޮޕަރޭޝަން ހިންގީ 2024 ވަނަ އަހަރުގެ މޭ މަހު ޖަބާލިޔާ ރެފިއުޖީ ކޭމްޕްގައި ކަންވެސް ޔަގީން ކޮށްދީފައި ވެއެވެ.





